ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނީލަން ކިއުން

       މި ކޯޓުގައި ހުރި ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 6 ޖުލައި 2025 ވާ އާދީއްތަ  ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ.  ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

       ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

      ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

ނީލަމުން ނަންގަވާ ތަކެތި 11 ޖުލައި 2025 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން ގެންދަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

       މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 ޖޫން 2025
ހޯދާ