މަޤާމު
|
އިންޓަރނަލް އޮޑިޓަރ
|
ބޭނުންވާ އަދަދު
|
02
|
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން
|
ތަޢުލީމާއި ތަޖުރިބާ
|
- ބަޖެޓް ނުވަތަ ފިނޭންސްގެ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ބަޖެޓް ނުވަތަ ފިނޭންސްގެ ދާއިރާއަކުން މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- ބަޖެޓް ނުވަތަ ފިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަން އިންޓަރނަލް އޮޑިޓް ކުރުން.
- އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗަށް ބިނާކޮށް، އިންޓަރނަލް އޮޑިޓްގެ ރިޕޯޓު ތައްޔާރުކުރުން.
- އޮޑިޓް ކުރުމުގައި ބޭނުންކުރާ އިޖުރާޢަތުތައް ޑްރާފްޓްކޮށް މުޠާލިޢާ ކުރުން. އަދި ފުރިހަމަކުރެވޭ އޮޑިޓްގެ އިޖްރާޢަތްތަކާގުޅޭ އޮޑިޓުގެ މަސައްކަތުކަރުދާސް ތައްޔާރުކޮށް، އެ ތަކެތި ބެލެހެއްޓުން.
- މި މިނިސްޓްރީގެ އިންޓަރނަލް ކޮންޓްރޯލްތަކަކީ އެއަށް އިތުބާރުކުރެވޭ ހަރުދަނާ އިންޓަރނަލް ކޮންޓްރޯލް ތަކެއްތޯ ވަޒަންކުރުމާއި، އިދާރީ އިޖްރާޢަތުތައް މުރާޖިޢާ ކުރުން.
- އިންޓަރނަލް އޮޑިޓް އަހަރީ ޕްލޭންތައް ހެދުމާއި، އިންޓަރނަލް އޮޑިޓް އަދި ކޮންސަލްޓެންސީ އެސައިންމަންޓް ޕްލޭންތައް، ތައްޔާރު ކުރުން.
- ފުރިހަމަ ކުރެވުނު އިޖުރާޢަތުތަކާ ގުޅޭގޮތުން އޮޑިޓްއިން ނެގޭ ފޮޓޯކޮޕީ ( ވައުޗަރު/ރިސިޓު ނުވަތަ އެފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން)
- އޮޑިޓް ކުރުމުގެ ބައިނަލްއަޤުވާމީ މިންގަނޑު (އިންޓަރނޭޝަނަލް އޮޑިޓިން ސްޓޭންޑަޑް) ތަކަށް އަހުލުވެރިވުމަށް މަސައްކަތް ކުރުމާއި އެފަދަ މިންގަޑުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް މަސައްކަތް ކުރުން. އަދި އޮފީހުން ރަސްމީގޮތުންނާއި ނުރަސްމީ ސިފައެއްގައި ހިންގާ ޕްރޮގްރާމްތަކާއި، ތަޢުލީމު ލިއްބައިދޭ ޕްރޮގުރާމުތަކުގައި ބައިވެރިވުން.
|
ޢިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ) އެކްރިޑިޓް ނުކުރާ ސެޓްފިކޭޓް ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު) ކޮޕީ
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
- ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން
|
ސުންގަޑި
|
2015 ސެޕްޓެންބަރު 27 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ދެވަނަ ފަންގި ފިލާގައި. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
|