ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެސިިސްޓަންތް ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު – އެސިސްޓަންޓް ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

01 (އެކެއް) އަހަރު ދުވަސް ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

  • އަސާސީ މަހަކު: -/10,000 ރުފިޔާ
  • ޕަރފޯމަންސް އެލަވަންސް: -/5,000 ރުފިޔާ
  • ހާސިރީ އެލަވަންސް: -/2,000 ރުފިޔާ

 

ފެންވަރު/ޝަރުޠު

  1. ކޮމްޕިއުޓަރ ސައިންސް ނުވަތަ މަގާމުގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން
  2. މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،
  3. އޯއެސްއައި މޮޑެލް ގެ އިލްމު ހުރުމާއި، އެތޭރނެޓް ނެޓްވޯކް ކޮންފިގަރޭޝަން، ޓީސީޕީ/އައި.ޕީ، އައި.ޕީ އެޑްރެސްކުރުމާއި ކޭބަލް ކުރުމުގެ ހުނަރު ހުރުން.
  4. ކްލައިންޓް ސަރވަރ، ވިންޑޯސް އެން.ޓީ / އެކްސް.ޕީ ސަރވަރ، އެޑްވާންސްޑް ސަރވަރ 2000، ވީއެމްވެއަރ އީއެސްއެކްސް ސަރވަރގެ ވަރޗުއަލައިޒޭޝަން، އެޑްމިނިސްޓްރޭޝަން، އަދި ލިނެކްސް/ ޔުނިކްސް ފަޔަރވޯލް އިންސްޓޯލްކޮށް ކޮންފިގަރ ކުރުމުގެ މަސައްކަތު ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.) 

 

މައިގަނޑު މަސައްކަތްތައް

ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޑޭޓާސެންޓަރ "ހައި އެވެއިލަބިލިޓީ" ގައި ޙިދުމަތް ދިނުމަށް ކުރަންޖެހޭއެންމެހައި މަސައްކަތް.

 

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މިމަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ [email protected]  އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 334 4000 (960)، ފެކްސް ނަންބަރު: 4004  334 (960) 

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

26 ޛުލްޤަޢިދާ 1436

10 ސެޕްޓެންބަރު 2015
ހޯދާ