މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ކެނދިކުޅުދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓް މަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމާ ގުޅޭ

ސަރުކާރުން ކެނދިކުޅުދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓް މަޝްރޫޢުގެ ދަށުން، ނ.ކެނދިކުޅުދޫން ދޫކޮށްފައިވާ އަމިއްލަ ގޯތި ތަކުގައި ހައުސިން ޔުނިޓް އަޅަން ޝައުގުވެރިވާ ފަރާތްތައް ރަޖިސްޓަރވުމަށް ހުޅުވާލަމެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢު ހިންގުމަށްޓަކައި ނ.ކެނދިކުޅުދޫން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު އޮންލައިން ފޯމް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ރަޖިސްޓްރޭޝަން ފޯމުގައި ހުރި ހުރިހާ މަޢުލޫމާތަކީ މިމަޝްރޫއަށް ބޭނުންވާ މަޢުލޫމާތުކަމުން، ފޯމު ފުރުއްވާއިރު އެމަޢުލޫމާތައް ފުރިހަމަވާ ގޮތަށް 30 ޖޫން 2025 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރުއްވުން އެދެމެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/TEEpFYJvEV

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27    ޛުލްޙިއްޖާ   1446

24     ޖޫން     2025

24 ޖޫން 2025
ހޯދާ