ދިވެހިރާއްޖެ
އިޢުލާން
ކޮލްޕޮސްކޮޕީ ގައިޑްލައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)23-PD(PMS)/23/2025/102 (04 މެއި 2025) އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތުތައް ހަމަނުވާތީ އެ އަންދާސީ ހިސާބު ބާތިލްކޮށް އަލުން މި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ކޮލްޕޮސްކޮޕީ ގައިޑްލައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 24 ޖޫން 2025 ވާ އަންގާރަ ދުވަހުން ފެށިގެން 06 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ މެންދުރުފަސް 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 09 ޖުލައި 2025 ވާ ބުދަ ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
28 ދުލްޙިއްޖާ 1446ހ.