ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ވިލުނު ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

އަންދާސީ ހިސާބު ބޭނުންވެއްޖެ: 

މި އޭޖެންސީގެ ދަށުން ސ. ހުޅުމީދޫގައި ޤާއިމްކުރެވިފައިވާ ވިލުނު ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް  ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ޖޫން 2025 ވަނަ ދުވަހު ކުރެވުނު މި އޭޖެންސީގެ ނަންބަރު:

 IUL)434-PRC/434/2025/153) އިޢުލާނަށް ހުށަހެޅި އަންދާސީ ހިސާބު އިޢުލާނަށް ކަނޑައެޅި ޝަރުތު ހަމަނުވާތީ ބާޠިލް ކުރެވިފައިވުމުން، ވިލުނު ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ކޭޓަރިންގ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ޖޫން 2025 ވާ އަންގާރަ ދުވަހުން ފެށިގެން 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.
24 ޖޫން 2025
ހޯދާ