އަރިއަތޮޅު ދެކުނުބުރީ ދިގުރަށު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. ދިގުރަށު މެޖިސްޓްރޭޓް ކޯޓު އިމާރާތުގެ ނަލަފިލާ އަދި ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް

އދ. ދިގުރަށު މެޖިސްޓްރޭޓް ކޯޓު އިމާރާތުގެ ނަލަފިލާ އަދި ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް.

މި ކޯޓު އިމާރާތުގެ ނަލަފިލާ އަދި ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 ޖުލައި 2025 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ގަޑި ޖެހުމުގެކުރިން [email protected] އަށް މެއިލް ކުރަންވާނެއެވެ. މިމަސައްކަތާ ގުޅޭ ޕްރީ-ބިޑް މީޓިންގ އޮންނާނީ 2 ޖުލައި 2025 ވާ ބުދަ ދުވަހުގެ 11:00 އިން 12:00 އަށް މި ކޯޓުގައެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ހުޅުވުން އޮންނާނީ އެކަމަށް ޚާއްޞަކޮށްގެން މި ކޯޓުގައި 7 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ބާއްވާ ބައްދަލުވުމުގައެވެ.

ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި، ޕްރީ-ބިޑް މީޓިންގ އަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

28 ޒުލްޤައިދާ 1446

24 ޖޫން 2025

24 ޖޫން 2025
ހޯދާ