ދިވެހިރާއްޖެ
1. ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު
މިކުންފުނީގެ މެއިލް އޮޕަރޭޝަންގެ މަސައްކަތުގައި ބޭނުންކުރުމަށް 2 ޓަނުގެ ލޮރީއެއް ގަތުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޕޯސްޓް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިއެވަނީއެވެ.
އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުން: |
|
ތާރީޚް: |
7 ޖުލައި 2025 ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ހުޅުވޭ ސަރުކާރު ރަސްމީ ދުވަހުއެވެ. |
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ 5ވަނަ ފަންގިފިލާ |
ގަޑި: |
13:45 |
2. ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު ބައެއް މައުލޫމާތު:
- މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވެ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 6 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 12:00ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009210
- [email protected]
ޝުކުރިއްޔާ!