ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ޚަރަދުގައި، ގދ. މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ގދ. މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތުގައި ސޯލާ ޕެނަލް އިންސްޓޯލްކޮށް ނެޓް މީޓަރ ހަރުކުރުމާއި ގުޅޭ އެންމެހައި ކަންކަން އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތް

  • Supply and Installation of 25KW Three Phase Grid Tied Roof to PV System photovoltaic Module (500W)
  • Cell per module: 150 Cells
  • Module Efficiency: 20.7%
  • Type: Monocrystalline
  • Inverter Type: 30KW, Three Phase, On-Grid
  • AC 3 Phase 4 Wire Smart Meter
 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 07 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރުފަހު، 13:30 އާއި ހަމައަށް، މިއިދާރާގެ އީމެއިލް: [email protected] އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ، 'އަގުހުށަހަޅާ ފޯމު'ންނެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ގިނަވެގެން 1 (އެކެއް) އަންދާސީ ހިސާބެވެ. ހުށަހަޅާ އަންދާސީ ހިސާބަށް (ވެލިޑިޓީގެ ގޮތުގައި) 90 (ނުވަދިހަ) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ލިބިއްޖެނަމަ ހުށަހަޅާފައިވާ އަގުތަކުގައި މަސައްކަތް ކޮށްދޭންވާނެއެވެ. ސޯލާ ޕެނަލް އިންސްޓޯލްކޮށް ނެޓް މީޓަރ ހަރުކުރުމާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރަންޖެހޭނީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ހުއްދަ ލިބިފައިވާ މީހަކު ލައްވައެވެ. އަންދާސީ ހިސާބާއިއެކު މަސައްކަތް ކުރުވާނެ ފަރާތެއްގެ ހުއްދައިގެ ކޮޕީ، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ޖިއެސްޓީ ދައްކާ ފަރާތެއްނަމަ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިއިދާރާގެ 'އަގުހުށަހަޅާ ފޯމު' ނުހިމަނައި ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބިޑްތައް އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ހުށަހަޅާ އަންދާސީ ހިސާބަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

ޕޮއިންޓްދެވޭ ބައިތައް

ޕޮއިންޓް

ޕޮއިންޓް ދެވޭގޮތް

މަސައްކަތުގެ އަގު

80

އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް، ގިނަ ޕޮއިންޓް ލިބޭގޮތަށް

ވޮރެންޓީ

10

ސޯލާ ސިސްޓަމަށް، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލައެއް އަމިއްލަ ޚަރަދުގައި ޙައްލުކޮށްދޭނެ ހުށަހަޅާ އެންމެ ދިގު މުއްދަތަށް، ގިނަ ޕޮއިންޓް ލިބޭގޮތަށް.

ތަޖުރިބާ

5

ޖެނުއަރީ 2022 ން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލައިގެން އެންމެ ގިނަ ލިޔުންތައް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް ލިބޭގޮތަށް. (މިގޮތުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވަގެން 5 ލިޔުމަށް، ލިޔުމަކަށް 1 ޕޮއިންޓް ލިބޭގޮތަށް)

މުއްދަތު

5

އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް ލިބޭގޮތަށް

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖޫން 2025
ހޯދާ