ދިވެހިރާއްޖެ
މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލްގެ ނަންބަރު: IUL)305-ME305/305/2015/93)ފ(18 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
ރ.މާކުރަތުގައި މަސްޖިދުއްސަލާމް މިސްކިތުގެ އެތެރޭގައި ކުރަންހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ސެޕްޓެންްބަރު 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިއިދާރާގެ މީޓިންގރޫމަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ހުށަހެޅުއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ.
ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ އަންދާސީހިސާބުތައް ބާޠިލުވާނެއެވެ.
ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތް:
1- މަސައްކަތުގެ އަގަށް: %80 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
2- މަސައްކަތުގެ މުއްދަތަށް: % 10 (ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
3- މަސައްކަތުގެ ތަޖުރިބާ: % 10
- ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، އިމާރާތް މަރާމާތު ކުރުން، ކާޕެންޓްރީ މަސައްކަތް، ފިނިޝިންގ މަސައްކަތްތަކެވެ.
- ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓަރއަށް ބަލާފައެވެ.
- ތަޖުރިބާ ގިނަ ފަރާތްތަކަށް ގިނަ މާކްސް ލިބޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:30 އާ ދެމެދު މިއިދާރާގެ ނަންބަރު 6580015 ފޯނަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
24 ޛުލްޤަޢިދާ 1436