ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު : (IUL)236-CA/236/2025/21 |
24 ޖޫން 2025 |
މ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅު ރަށް ރާބަނދިހުރާ (ފެންބޯ ފިނޮޅު) ބެލެހެއްޓުމަށް ކުއްޔަށް ދޫކުރުން |
ބިޑު ހުށަހެޅުމުގެ ދަޢުވަތު:
މ. އަތޮޅު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ، ރާބަނދިހުރާ (ފެންބޯ ފިނޮޅު) ބެލެހެއްޓުމަށް ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ރަށުގެ މަޢުލޫމާތު:
# |
ރަށުގެ ނަން |
ރަށުގެ ބޮޑުމިން |
ރަށުގެ ޖިއޮގްރަފިކަލް ކޯޑިނޭޓް |
|
1. |
ރާބަނދިހުރާ (ފެންބޯ ފިނޮޅު) |
3 ހެކްޓަރ |
DMS Latitude 3° 5’ 31” N |
DMS Longitude 73° 23’ 19” E |
2. މި ޕްރޮޖެކްޓަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މިބީލަމުގައި ބައިވެރިވުމަށް -/1000ރ (އެއްހާސް) ރުފިޔާ ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2025 ޖޫން 25 އިން 2025 ޖުލައި 3 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7709700401001 (Revenue 1 1408) އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
4. ފައިސާ ދައްކަވާ ފަރާތް ތަކަށް މި ޕްރޮޖެކްޓާ ގުޅޭ އެންމެހައި ލިޔެކިއުންތަކުގެ ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 2025 ޖޫން 25 ވަނަ ދުވަހުން ފެށިގެން ލިބެންހުންނާނެއެވެ.
5. ބިޑްތައް ހުޅުވުން އޮންނާނީ 2025 ޖުލައި 06 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މ.އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ.
6. މިޕްރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ، 2025 ޖުލައި 03 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.
7. މި މަސައްކަތަށް ޕްރޮޕޯސްލް ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު، ރަސްމީ ބަންދުނޫން ކޮށްމެ ދުވަހެއްގެ 08:00 އިން 14:00 އަށް، ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މ.އަތޮޅު ކައުންސިލްގެ އިދާރާ
ހަވީރީހިނގުން / މ. މުލި
ފޯން: (960) 672 4702
އީމެއިލް: [email protected]
މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.