ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2025 ރާވާ ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރ 415/415/2025/124(IUL) އާ ގުޅޭ:
ތިނަދޫ ސިޓީގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އިޖުތިމާޢީ ރޫޙު އަށަގަންނުވައި މަސައްކަތުގެ މާޙައުލުން ބޭރުން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް ކުޅިވަރުގެ ފޯރިއާއި ޖޯޝާއެކު ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހި ކުރުމަށްޓަކައި މިއަހަރުވެސް "ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2025" މިނަމުގައި ފުޓްސަލް މުބާރާތެއް ބާއްވައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރ 415/415/2025/124(IUL) (01 ޖޫން 2025) ގުޅިގެން ރަޖިސްޓްރީކުރެފިވާ ފަރާތް/ފަރާތަކުން މި ބީލަމަށް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ.
އެހެންކަމުން، އިސްވެދެންނެވިފައިވާ އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާނީ 01 ޖުލައި 2025ވާ ހޯމަ ދުވަހުގެ 11:00އަށް ތިނަދޫ ސިޓީ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.