މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ދަނޑުވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި މިކައުންސިލް ގުޅިގެން 2025 ޖުލައި 19 އިން 24 އަށް މިއަތޮޅު ފޯކައިދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް  ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިން ފޯކައިދޫއަށް ދިއުމާއި އެ ރަށުގައި ތިބުމުގެ އިންތިޒާމް ހަމަޖައްސާނީ އެބައިވެރިއަކު އަމިއްލައަށެވެ. ތަމްރީނު ޕްރޮގްރާމަށް ފުރުޞަތު ދެވޭނީ 30 ބައިވެރިންނަށް ކަމުގައިވާތީ، ބައިވެރިން ކަނޑައެޅޭނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ.

ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި އެވާ ލިންކު މެދުވެރިކޮށް 2025 ޖުލައި 03ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުން  އެދެމެވެ.  އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރ  6540424 ފޯނާއި ގުޅުއްވުމުން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ރަޖިސްޓްރޭޝަން ލިންކް:  https://forms.office.com/r/EAtkJz2YbN 

24 ޖޫން 2025
ހޯދާ