މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގެ ކޯޓުރޫމްގެ 2 އެއަރކަންޑިޝަން މަރާމާތުކޮށް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

     މ. މުލި،

  ދިވެހިރާއްޖެ.

            ނަންބަރު: K5C-A/2025/8

އިޢުލާން

 

މިކޯޓުގެ ކޯޓުރޫމްގެ 2 އެއަރކަންޑިޝަން މަރާމާތުކޮށް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

      މިކޯޓުގެ ކޯޓުރޫމްގެ 2 އެއަރކަންޑިޝަންއެއް މަރާމާތުކޮށް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިކޯޓުގެ ކައުންޓަރުންވެސް ލިބެންހުންނާނެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން ތިރީގައި ދަންނަވާފައިވާގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

      މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 1ޖުލައި 2025 ވަނަ ދުވަހުގެ 13:00ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން ރަސްމީ ކޮންމެ ގަޑިއެއްގައިވެސް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް އަންދާސީ ހިސާބު ހުށަހެޅިދާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

       މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.

24 ޖޫން 2025

24 ޖޫން 2025
ހޯދާ