މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ މަޤާމަށް މުވައްޒަފަކު ހޯދުމަށް

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-410557

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓަރސް ސެކްރެޓޭރިއެޓް ސެކްޝަން / ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މާލެސިޓީ

މުސާރަ:

މަހަކު -/8835 ރުފިޔާ، (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ، (ދެހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/1100ރ (އެއްހާސް ސަތޭކަ ރުފިޔާ)
  2. ސްޕެޝަލް ޑިއުޓީ އެލަވަންސް: 3092.25 ރުފިޔާ
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  4. ދިވެހިރާއްޖޭގެ ޕެންޝަނާއި ބޭހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ގާނޫނުތަކާއި ގަވާޢިދުތަކުން އިސްލާމިކް މިނިސްޓްރީއަށް ޒިންމާ ކުރުވާފައިވާ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި މިނިސްޓަރާއި ޕީ.އެސްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވުން
  2. ގާނޫނުތަކާއި ގަވާޢިދު ތަކުން އިސްލާމިކް މިނިސްޓްރީއަށް ޒިންމާ ކުރުވާފައިވާ މަސައްކަތްތައް ކުރިޔަށްދާގޮތް ބަލައި މިނިސްޓަރާއި ޕީއެސް ގެ ސަމާލުކަމަށް ގެނައުމާއި އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވުން
  3. ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި މިނިސްޓްރީ އާއި ގުޅޭގޮތުން ކަނޑައެޅިފައި ހުންނަ ކަންތައްތައް ބަލައި އެކަންތައްތައް މިނިސްޓްރީ ލެވެލްގައި ތަންފީޒު ކުރުވުމުގެ ގޮތުން މިނިސްޓަރގެ ލަފަޔާ އިރުޝާދާއެއްގޮތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވުން
  4. ސަރުކާރުގެ ވަޢުދު ތަކުގެ ތެރެއިން މިނިސްޓްރީ އާއި ގުޅުންހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މިނިސްޓަރާއި ޕީ.އެސް އަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވުން
  5. މިނިސްޓްރީގެ ސްޓްރެޓެޖިކް ޕްލޭނާއި އެކްޓިވިޓީކަލެންޑަރާއި އެކްޝަން ޕްލޭން އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާހިންގުމާއި އެކަން ތަންފީޒުވަމުންދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން
  6. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކާއި މިނިސްޓަރުގެ ދަތުރުފުޅު ތަކުގައި، މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ގޮތުން ރައްޔިތުންނަށް ވެވަޑައިގެންނަވާ ވަޢުދުތައް ދެނެގަނެ، ގުޅުންހުރި ސެކްޝަންތައް މެދުވެރިކޮށް އެވަޢުދުތައް ފުއްދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި މިނިސްޓަރާއި ޕީ.އެސްއަށް އެހީތެރިކަން ފޯރުކޮށްދިނުން
  7. މިނިސްޓަރ ސެކްރެޓޭރިއޭޓުން ނިންމަންޖެހޭ ކަންތައްތަކާއި ނިންމަވާ ކަންތައްތަކުގެ ތެރޭގައި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމުގައި، ލީގަލް އެންޑް ކޮމްޕްލަޔަންސް ސެކްޝަންގެ އެހީތެރިކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  8. އެހެން މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދަންޖެހޭ ކަންތައްތަކުގައި މިނިސްޓަރ ސެކްރެޓޭރިއެޓުގެ ފަރާތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
  9. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި،އެކަންކަމާގުޅިގެން ހަދަންޖެހޭ ޑްރާފްޓްތައް ހެދުމާއި އުޞޫލުތައް ހެދުމާއި ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  10. މިނިސްޓަރ ކަނޑައަޅުއްވާ ޕޮލިސީސްތަކާއި ނިންމަވާނިންމެވުންތައް ތަންފީޒު ކުރުމަށް ޓަކައި ގުޅުންހުރި ސެކްޝަންތަކަށް އަންގަންޖެހޭ އެންގުންތައް، އެންގުމާއި އެކަންކަން ކުރިޔަށްދާގޮތުގެ އަޕްޑޭޓްސް ހޯދާ މިނިސްޓަރއަށް ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވުން
  11. މިނިސްޓަރ ޖަވާބުދާރީ ވާންޖެހޭ ކަންކަމާގުޅުންހުރި މަޢުލޫމާތު ސެކްޝަންތަކުން ހޯދާ، ޖަވާބުދާރީ ވުމުގެ ކަންކަމުގައި މިނިސްޓަރަށް އެހީތެރިކަން ފޯރުކޮށްދިނުން
  12. މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ އެންމެފަހުގެ މައުލޫމާތު މީޑިޔާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާހިންގުން
  13. ރާއްޖޭންބޭރުން ވަޑައިގަންނަވާ ބޭރުގެ އެންމެހާ ޑެލިގޭޝަންތަކަށް މެހުމާންދާރީ އަދާކުރުމާއި އެބޭފުޅުންނާގުޅޭގޮތުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވުން
  14. މިނިސްޓްރީގެ ފަރާތުން ސޮއިކުރާ އެންމެހާ އެގްރީމެންޓު ތަކާއި އެމް.އޯ.ޔޫ ތައް ތައްޔާރުކުރުވުމާއި އެމްއޯޔޫގެ/ އެގްރީމެންޓުގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން
  15. އަހަރީ ރިޕޯޓަށް ބޭނުންވާ ލިޔެކިޔުންތައް ކަނޑައެޅޭމުއްދަތުގައި އޮފީސް އެޑްމިނިސްޓްރޭޝަން ޔުނިޓަށް ފޮނުވުން
  16. ޖެމްސުން ސެކްޝަނަށް ލިބޭ އެންމެހާ ލިޔުންތަކަށް ޖަވާބުދާރީ ވަމުންދޭތޯ ބެލުމާއި، ލަސްވާ ކަންތައްތައް އަވަސްކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  17. އިސްލާމީ އެކި ގައުމުތަކުން މިނިސްޓްރީ މެދުވެރިކޮށް ކުރަންބޭނުންވާ ކަންތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން އިސްވެ ޙަރަކާތްތެރިވުން
  18. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން (ޕްރިފާރޑް)
  3. ބިޒްނަސް މެނޭޖްމަންޓް (ޕްރިފާރޑް)
  4. މެނޭޖްމަންޓް
  5. ޕަބްލިކް އެޑްމިނިސްޓްރޭޝަން (ޕްރިފާރޑް)

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 6 ވާ އާދިއްތަ ދުވަހުގެ 14:00  ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާނުއަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2025 ޖުލައި 10  އާއި 2025 ޖުލައި 30 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

24 ޖޫން 2025
ހޯދާ