ދިވެހިރާއްޖެ
މަޤާމް: ސްޕެޝަލިސްޓް ފިޒިއޮތެރަޕިސްޓް، ސީނިއަރ ފިޒިއޮތެރަޕިސްޓް، ފިޒިއޮތެރަޕިސްޓް
މަޤާމުގެ ގިންތި: ދާއިމީ
ޑިޕާޓްމަންޓް: މެޑިކަލް
މަސައްކަތް ކުރަންޖެހޭ ތަން: ފިޒިއޮތެރަޕީ ޑިޕާޓްމެންޓް – އޮރެންޖުހިޔާ
ތަޢުލީމާއި ތަޖުރިބާ:
މަޤާމް: ސްޕެޝަލިސްޓް ފިޒިއޮތެރަޕިސްޓް - ޕީ.އެސް 9
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ:
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ އަސާސީ މުސާރަ: 16828.00 ރުފިޔާ ( މަހަކު )
މަޤާމުގެ އެލަވަންސް: 7853.00 ރުފިޔާ ( މަހަކު )
ޙާޟިރީ ޢިނާޔަތް: 213.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )
މަޤާމް: ސީނިއަރ ފިޒިއޮތެރަޕިސްޓް - ޕީ.އެސް 8
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ:
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ އަސާސީ މުސާރަ: 14228.00 ރުފިޔާ ( މަހަކު )
މަޤާމުގެ އެލަވަންސް: 6640.00 ރުފިޔާ ( މަހަކު )
ޙާޟިރީ ޢިނާޔަތް: 180.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )
މަޤާމް: ފިޒިއޮތެރަޕިސްޓް - ޕީ.އެސް 7
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މަޤާމުގެ އަސާސީ މުސާރަ: 12423.00 ރުފިޔާ ( މަހަކު )
މަޤާމުގެ އެލަވަންސް: 5797.00 ރުފިޔާ ( މަހަކު )
ޙާޟިރީ ޢިނާޔަތް: 157.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )
މަޤާމަށް ޢައްޔަންކުރާ އިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީކޮށް، ލައިސަންސް ލިބިފައިވުން.
އެހެނިހެން އެލަވަންސް:
1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.
2- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
- ފިޒިއޮތެރަޕީގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށާއި ޑޮކްޓަރުން ރިފަރކުރާބަލިމީހުންނަށް ޚިދުމަތްދީ ފަރުވާދިނުން.
- ފަރުވާދޭ ބަލިމީހާގެ ބައްޔާބެހޭ ގޮތުން މައުލޫމާތު އަހާ އޮޅުންފިލުވުމާއި ހަދާފައިހުރި އިންވެސްޓިގޭޝަންސްބެލުމަށްފަހު އެސެސްމެންޓް ފޯމްފުރުމާއި، ދެމެހެއްޓެނެވި ގޮތެއްގައި ބަލިމީހާގެ ހާލަތު މުރާޖައާކޮށް، ފަރުވާކުރިއަށްދާގޮތާއި ބަލިމީހާއަށް އަންނަ ބަދަލުތައް ރެކޯޑްކޮށް ފައިލްކުރުން.
- ފަރުވާދިނުމުގައި ބަލިމީހާގެ ހާލަތަށް އެންމެ އެކަށޭނަ ފިޒިއޮތެރަޕީގެ ފަރުވާ ޚިޔާރުކޮށް ރޭވުމަށްފަހު، ފަރުވާތެރިކަމާ އޯގާތެރިކަމާއެކު އެ ފަރުވާއެއް ބަލިމީހާއަށް ފޯރުކޮށްދިނުން، އަދި ރޭވިފައިވާ ފަރުވާ ކުރިއަށް ގެންދިއުމުގައި ބަލިމީހާ ރަނގަޅުވަމުންދާ މިންވަރު ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ފަރުވާއާއި ގުޅޭގޮތުން ބަލިމީހާއަށް ނުވަތަ އޭނާގެ އެހީތެރިއަކަށް ގޭގައި ކުރިއަށް ގެންދަންޖެހޭނެ ކަންތައްތަކާއިބެހޭ މައުލޫމާތުދީ ދަސްކޮށްދިނުމާއީ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިނަމަ އެކަންކަމާ ބެހޭ ގޮތުން ލަފަޔާއި އިރުޝާދު ދިނުން،އަދި މިފަދަ މައުލޫމާތު ލިޔުމަކުން ދޭންޖެހޭ ހާލަތްތަކުގައި އެލިޔުންތައް ތައްޔާރުކޮށް ބަލިމީހާ ހަވާލުކުރުން.
- ބަލިމީހާއަށް ފަރުވާދޭ އެހެން ޞިއްޙީ ޚިދުމަތްތެރިންނާއި ގުޅިގެން މަސައްކަތް ކުރުމާއި، ރިފަރކުރަންޖެހޭ ހާލަތްތަކުގައި ރިފަރކުރުން
- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.
ތައުލީމީ ދާއިރާތައް: ފިޒިއޮތެރަޕީ
ކުރިމަތިލުމުގެ ސުންގަޑި: 03 ޖުލައި 2025 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު
- ސީވީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- އައި.ޑީ ކާޑު ކޮޕީ
- އެޓެސްޓް ކޮށްފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ރެޖިސްޓްރޭޝަން އަދި ޕްރެކްޓިސް ކުރުމުގެ އަދާހަމަ ލައިސަންސް
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.