މަޤާމު:
|
ސީނިއަރ މާރކެޓިންގ އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
މާރކެޓިންގ
|
ގްރޭޑް:
|
7
|
ސްޕައިން ޕޮއިންޓް:
|
31
|
މުސާރަ:
|
މަހަކު 8,850.77 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,793.19 ރުފިޔާ
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
ކޮންޓްރެކްޓްގެ މުއްދަތު:
|
ކޮންޓްރެކްޓް ފެށޭ ތާރީޙުން ފެށިގެން 20 އެޕްރީލް 2026 ގެ ނިޔަލަށް
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މާކެޓިންގ ޙަރަކާތްތަކަށް ބޭނުންވާ އެކި ކޮންޓެންޓް ތައްޔާރުކުރުމުގައި ބިނާކުރަނިވި ޚިޔާލުތައް ދިނުމާއި ކްރިއޭޓިވް އައިޑިއާ ކޮންޓެންޓްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން
- ބަދަލުވަމުންދާ ޓްރެންޑާއެއްގޮތަށް، މާކޭޓިންގ ޕްލޭންތައް އިވެލުއޭޓްކޮށް ތައްޔާރު ކުރުން
- މާކެޓިންގ ޑިޕާރޓްމަންޓްގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ރިޕޯޓް ތައްޔާރު ކުރުމާއި މިކަންތައްތައް މާކެޓިންގ ޕްލޭނާ އެއްގޮތަށް ސްޕަވައިޒަރ ގެ ލަފާގެ މަތިން ކުރުން
- މާކެޓިންގ ޑިޕާރޓްމަންޓް ގެ މަގްސަދުތައް ކަނޑައެޅުމާއި، މާކެޓިންގ ޕްލޭން އަދި ސްޓެރެޓެޖީ އިވެލުއޭޓްކޮށް އެސްޓާބްލިޝް ކުރުމުގައި އެހީތެރިވުން
- ޔުނިވަރސިޓީ މާކެޓިންގ ޑިޕާރޓްމަންޓް އިން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން
- ބައްދަލުވުން ތަކުގައި މަޝްވާރާ ކުރެވޭ ކަންތައްތައް ފޮލޯއަޕް ހެދުމާއި އެކަންތައްތައް މޮނީޓަރކޮށް އޭގެ މައްޗަށް ބިނާކޮށް ކުއާޓަރލީ ރިޕޯޓްތައް ތައްޔާރުކުރުން ހެދުން
- ޓާގެޓްތައް ޙާޞިލްކޮށް، މަސައްކަތުގެ ނަތީޖާ އަވަސްކޮށް، މާކެޓިންގ ޓީމް އާ ގުޅިގެން މަސައްކަތްތަކަށް ޕްރޯއެކްޓިވްކޮށް ކޮންޓްރިބިއުޓް ކުރުން
- މާކެޓިންގ ކޮންޓެންޓް އުފެއްދުމުގައި ޒަމާނީ ކަންކަމަށް ރިއާޔަތް ކޮށް ސްޕްވައިޒަރ ގެ ލަފާގެމަތިން ތައްޔާރު ކުރުން
- ކަނޑައެޅޭ ވަކި އުޞޫލަކުން ޔުނިވަރސިޓީއާއި ބެހޭ ޕްރޮމޯޝަނަލް މަޢުލޫމާތު ފެތުރުމަށް ކަނޑައެޅޭ ވަކި މުއްދަތުތަކެއްގައި ޤަވާއިދުން މަސައްކަތް ކުރުން
- ތަފާތު ބާވަތްތަކުގެ މީޑިއާއާއި އެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމާއެކު ޔުނިވަރސިޓީ ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރުން
- ޔުނިވަރސިޓީގެ ޕްރޮމޯޝަނަށް ހަދަންޖެހޭ އިޝްތިހާރު ތަކުގެ ކޮންސެޕްޓް ސްޕވައިޒަގެ ލަފާގެ މަތިން މަޝްވަރާކޮށް ކަނޑައަޅާ ހެއްދުވުމަށް ފަހު މީޑިއާތަކުގައި ޕްރޮމޯޓް ކުރުން
- ކްރިއޭޓިވް ޓީމް އަދި މާކެޓިންގ ޓީމާއެކު ބްރެއިންސްޓޯމްކޮށް ތަފާތު ޚިޔާލުތައް ހޯދައި ސެކްޝަނުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުނ
- ޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން އަލަށްފަށާ ކޯސްތަކާއި ޕްރޮގްރާމްތައް، ޔުނިވަރސިޓީގެ ސިޔާސަތާއި އެއްގޮތަށް ޕްރޮމޯޓް ކުރުން
- ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޯދުމަށް ކުރާމަސައްކަތްތައް މުޅި އަހަރުތެރޭގައި ސިސްޓަމެޓިކް ގޮތަކަށް ރާވައިގެން ކުރިއަށް ގެންދިއުމުގައި ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް، ސްޕަވައިޒަރ ގެ ލަފާގެ މަތިން މޮނިޓަރ ކުރުން
- ޔުނިވަރސިޓީގެ ވެބްސައިޓަކީ އެންމެފަހުގެ މަޢުލޫމާތާއި، ޚަބަރު ގެނެސްދޭ ސައިޓަކަށް ހެދުމާއި ޔުނިވަރސިޓީ ހިންގާ ހަރާކަތްތައް ވެބްސައިޓުގައި ގަވާއިދުން ޝާއިއުކުރުން
- މާރކެޓިންގ ޙަރކަތްތަކުގެ ގްރެފިކްސް މަސައްކަތް ކުރުން
- ޔުނިވަރސިޓީގެ އެހެން ފަރާތްތަކާ ގުޅިގެން، މާކެޓިންގ ކެމްޕެއިންތައް ތަންފީޒުކުރުމުގައި ސޯޝަލް މީޑިއާ މެނޭޖްކޮށް ބެލެހެއްޓުން
- ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓާއި، ޔޫޓިއުބް ޗެނަލް ބަލަހައްޓާ އަޕްޑޭޓްކުރުން.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2024-93
|
ސަމާލުކަމަށް:
|
- މި މަޤާމުގެ ތަޢުލީމީ އަދި މަސައްކަތު ދާއިރާ ކަމުގައި ބަލާނީ މަރކެޓިންގ، މަލްޓިމީޑިއާ އަދި ކޮމިޔުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މިދާއިރާތަކެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|