އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ގޯތި ލިބޭ 109 ފަރާތުގެ ވަގުތީލިސްޓް އާންމުކުރުން

އަލަށް ގޯތި ލިބޭ 109 ފަރާތުގެ ވަގުތީލިސްޓް އާންމުކުރުން

            އދ. ފެންފުށިން ދިރިއުޅުމަށް ބަންޑަރަގޯތި ދޫކުރުމުގެ އުޞޫލް 2025 ގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތުގެ މަތިން، މިބުރު އދ. ފެންފުށީން އަލަށް ގޯތި ލިބޭ 109 ފަރާތުގެ ލިސްޓް މިއިއުލާނާއެކު އާންމުކުރީމެވެ.
            މިއިއުލާނާއިއެކު އާންމުކުރެވިފައިވާ ލިސްޓްގެ 1 އިން 109 އަށް ވަނީ މިބުރު އަލަށް ގޯތި ލިބޭ 109 ފަރާތުގެ ވަގުތީ ލިސްޓެވެ. އަދި މިލިސްޓްގެ 247 އިން 288 އަށް ވަނީ އދ. ފެންފުށީން ދިރިއުޅުމަށް ބަންޑަރަގޯތި ދޫކުރުމުގެ އުޞޫލް 2025 ގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ގޯއްޗަށް ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ލިސްޓެވެ.

            އދ. ފެންފުށިން ދިރިއުޅުމަށް ބަންޑަރަގޯތި ދޫކުރުމުގެ އުޞޫލް 2025 ގެ 10 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެމަތިން 24 ޖޫން 2025 ވާ އަންގާރަދުވަހުންފެށިގެން 1 ޖުލައި 2025 ވާ އަންގާރަދުވަހުގެ 14:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

 

                         28 ޛުލްހިއްޖާ 1446

                         24 ޖޫން 2025

24 ޖޫން 2025
ހޯދާ