ދިވެހިރާއްޖެ
ވަޒީފާ އަދާ ކުރަންޖެހޭ ތަން: ކ. ތިލަފުށި
ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަންގެ ޕްރޮޖެކްޓްތަކުގެ ވަޑާމާއިބެހޭ އެންމެހާ މަސައްކަތްތައްކޮށް، ޕްރޮޖެކްޓްތަށް ނިންމަންޖެހޭ ސުންގަޑިއަށް ނިންމުމުގައި އެހީތެރިވެދިނުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
• ސެކްޝަނުން ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ވަޑާމުގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން. މީގެ ތެރޭގައި ހަރުގަނޑު، ބެންޗް، ޕާޓިޝަން ފަދަ ފަރުނީޗަރު ޑިޒައިންކޮށް، ހެދުމާއި، މަރާމާތު ކުރުން ހިމެނޭ.
• މަސައްކަތް ފެށުމުގެ ކުރިން މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން، ބޭނުންވާ ތަކެތި ހަމައަށް ހުރިތޯ ބަލާ ޗެކްކުރުމަށްފަހު ސުޕަވައިޒަރަށް އަންގާ، ތަކެތި ހަމަކުރުން.
• ޕްރޮޖެކްޓް ސައިޓްގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއިއެކު ރަނގަޅަށް ބެލެހެއްޓުން.
• މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، މިކަމަށް ހެދިފައިވާ ގަވާއިދެއް ވާނަމަ އެގަވާއިދުތަކަށް ބޯލަނބާ، ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން.
• މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
• ކާޕެންޓްރީ މަސައްކަތް ރަނގަޅަށް ދަންނަ މީހެއްކަމުގައިވުން.
• މަސައްކަތުގައި ގެންގުޅެންޖެހޭ އެކުއިޕްމަންޓާއި މެޝިންތައް ބޭނުންކުރަން އެނގުން.
• ކުރެހުންތަކާއި ބްލޫޕްރިންޓް އަދި ޑްރާފްޓްސް ކިޔަން އެންގުން.
• ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
• މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
• މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
މުސާރަ: 12,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.............................................................................................................................
ބޭނުންވާ ލިޔެކިޔުންތައް:
• އައިޑީ ކާޑު ކޮޕީ
• ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
• ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
• ސީވީ
ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ ވަޒީފާގެ އެއްބަސްވުން އެކުލަވާލެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ވަޒީފާ ދާއިމީ ކުރުމުގެ ނިންމުން ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމެން ކައިރިވުމުން، މަސައްކަތުގެ ފެންވަރާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހުއެވެ.)
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޗް.ޑީ.ސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: (jobs.hdc.mv)
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.