މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދިގުމުއްދަތައް ދަނޑުބިން ދޫކުރުމާ ގުޅޭ

ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން ދަނޑުވެރިކަން ކުރުމަށް 35 އަހަރަށް ބިންދޫކުރުމަށް ހުޅުވާލަމެވެ.

ބިން އޮތް ސަރަހައްދާއި ބޮޑުމިން 

 ދޫކުރުމަށް ހަމަޖެހިފައިވަނީ ކުޅުދޫ އަވަށުން ދިގުމުއްދަތައް ދޫކޮށްފައިވާ ދަނޑުބިން (ނަންބަރު: AGR-01-01) ގެ އުތުރުން 3000 އަކަފޫޓުގެ 7 ބިމާއި 5000 އަކަފޫޓުގެ 3 ބިމެވެ. ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

 

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު(ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި، ޖަމްޢިއްޔާތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 3/2022) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

 

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ބިޑުގައި ރަޖިސްޓްރީވުމަށްފަހު، ބީލަން ހުށަހެޅުމަސް ކަނޑައެޅިފައިވާ ތާރީޙުގައި މިކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބީލަން ހުށަހެޅުމަށް އަންނަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަން 3 ޖުލައި 2025 ވާ ބުރާސްފަތި ދުވަހު ކެނދިކުޅުދޫ ކައުންސިލް ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައި އޮންނާނެއެވެ. މިސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

 

ދަނޑުވެރިކަމަށް ދޫކުރުމަށް  ހަމަޖެހިފައިވާ ބިންތަކުގައި ކުރެވޭނެ މަސައްކަތްތަކާއި، ބީލަމުގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ ތަކެއްޗާއި އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާހާއި، ރަޖިސްޓްރޭޝަން ލިންކް، ބީލަން ހުށައަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ސުންގަޑިތައް:

ބިޑު ރަޖިސްޓްރޭޝަން

2 ޖުލައި 2025، 14:00 ގެ ނިޔަލަށް

ލިންކް:  https://forms.office.com/r/YUJ2VS2r9R

މަޢުލޫމާތު ސެޝަން

3 ޖުލައި  2025، 13:15

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ބީލަން ހުޅުވުން

17 ޖުލައި 2025، 13:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26   ޛުލްޙިއްޖާ    1446

23     ޖޫން     2025

23 ޖޫން 2025
ހޯދާ