ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާގެ ބޭނުމަށް 120 ލީޓަރުގެ 50 ޑަސްބިން ހޯދުމަށް
އިޢުލާނު
120 ލިޓަރުގެ 50 ޑަސްބިން ހޯދުން
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާ އަށް 120 ލިޓަރުގެ 50 ޑަސްބިން ހޯދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވައިލަމެވެ.
- މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 2025 ޖުލައި 06 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ކަރުދާހުގައި ވާ މަޢުލޫމާތު މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected] އަށް ފޮނުއްވަން ވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބީލަން އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. އަތޮޅުކައުންސިލް އިދާރާއަށް ޑަސްބިން ފޯރުކޮށްދިނުމުގެ ބީލަން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ އިތުރުން ބީލަމާގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. އަދި މިމާޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިއިދާރާގެ އީމެއިލް [email protected] އަށް ހުށަހަޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6740017 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
27 ޛުލްޙިއްޖާ 1446
23 ޖޫން 2025
23 ޖޫން 2025
ހޯދާ