ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 

މަޤާމް: 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:  

01  (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު

މުސާރަ:

-/5020 (ފަސްހާސް ވިހި ރުފިޔާ)

އެހެނިހެން އެލަވަންސް:

  • ލިވިންގ އެލަވަންސް: /-2550  (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
  • ސަރވިސް އެލަވަންސް: 1500/-     (ފަނަރަސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް:  1,757/-  (އަސާސީ މުސާރައިގެ35% )
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • ·      ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހަމަޖެހިފައިވާ އުޞޫލުން ކޯޓު ހުޅުވައި ލެއްޕުން.
  2. އެންޓްރީ ކުރުމާއި، ޔައުމިއްޔާ ލިޔުމާއި، އިދާރީ ކަންކަމާގުޅޭގޮތުންނާއި ކޯޓުގެ ޤަޟިއްޔާތަކާއި ގުޅިގެން އެހެނިހެން ކޯޓުތަކަށާއި އިދާރާތަކަށާ އާއްމުފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ލިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، ކޯޓަށްލިބޭ އިލެކްޓްރޯނިކް މެއިލްތައް ބަލައިގަތުމާއި، ކޯޓަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން.
  3. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް މެޖިސްޓްރޭގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  4. މުވައްޒަފުންނާއި ވެރިންގެ ޙާޟިރީއާއި، ޗުއްޓީއާގުޅޭ ރެކޯޑުތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުމާއި، މުވައްޒަފުންގެ ރެކޯޑް ފައިލް ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާއާބެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
  5. ކޯޓަށް ލިބޭ ފައިސާއާއި ކުރާ ޚަރަދުތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ފައިސާ އާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ތިޖޫރީ ބެލެހެއްޓުމާއި، ކޯޓްގެ އެކައުންޓް ބެލެހެއްޓުން.
  6. ކޯޓުގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުމާއި، ކޯޓަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި ބައުވެ ބޭނުން ނުކުރެވޭ ތަކެތި ނީލަން ކިޔުމާއި ނައްތައިލުމުގެ މަސައްކަތްތައް ކުރުން.
  7. މަސައްކަތު މީހުންނާއި، ވޮޗަރުން ޤަވާޢިދުން ޙަރަކާތްތެރި ކުރުވުމާއި، އެ މީހުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  8. ކޯޓުގެ ތަފާސްހިސާބާގުޅޭގޮތުން ހަދަންޖެހޭ ހަފްތާ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.
  9. ތާވަލުކުރެވޭ ޝަރީޢަތްތަކުގެ އަމުރުތައްޔާރުކޮށް ހަމަޖެހިފައިވާ އުސޫލުން ކޯޓްއަމުރު ބަހާ މުވައްޒަފާ އަމުރު ޙަވާލުކޮށް، އަމުރު ރައްދުކުރުން ކުރިއަށްދާގޮތް ބެލެހެއްޓުން.
  10. ޝަރީޢަތަށް ޙާޟިރުކުރެވޭ ފަރާތްތައް ޝަރީޢަތަށް ވެއްދުމުގެ އެންމެހައި އިންތިޒާމްތައް މެޖިސްޓްރޭޓުގެ އިރުޝާދާއެކު ކުރުމާއި، ޝަރީޢަތަށް ހާޒިރުވާމީހުން ޢަމަލުކުރަންޖެހޭ ގޮތްތައް ކިޔައިދިނުމާއި، ޝަރީޢަތުގެ މަޖިލީހުގައި ކަންތައްތައް ދިމާވާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މެޖިސްޓްރޭޓުންގެ އިރުޝާދާއެކު އެޅުން.
  11. ކޯޓަށް ހުށައެޅޭ ވަރި ކައިވެޏާއި ބެހޭ އެންމެހައި އިދާރީ މަސައްކަތްކުރުން.
  12. އެކިއެކި ކަންކަމުގައި މަޢުލޫމާތު ސާފުކުރުމަށް ކޯޓަށް ހާޒިރުވާ ފަރާތްތަކުން ހޯދަން އެދޭ މަޢުލޫމާތު ކޯޓުގެ ގަވާއިދުތަކާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ފޯރުކޮށްދިނުން.

އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ އެންމެހާ މަސައްކަތައް ޤަވާއިދުން ކުރުން.

 

މަޤާމުގެ ޝަރުޠުތައް

  1. 1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  2. 2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  3.  
  4. 3. "މަތީ ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ، މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

 

ތަޢުލީމީ ރޮނގު

  • މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އެކައުންޓިންގް އެންޑް ފައިނޭންސް، ޝަރީޢަތާއި ޤާނޫނު، އައި.ޓީ.

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް،އޮފީސް މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ފައިނޭންސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޝަރީޢަތާ ޤާނޫނު. އައި.ޓީ ދާއިރާ.

 

އެހެނިހެން ޝަރުތު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު: މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ ނުވަތަ (ފަނޑިޔާރެއްގެ) ގާތްތިމާގެ   މީހަކު ކަމުގައި ނުވުން. ގާތްތިމާގެ މީހުން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ.

2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ   ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާ އަށް އެދޭ ފޯމް. (މި ފޯމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓު https://ga-maamendhoo.courts.gov.mv/)) އިންނާއި، މި ކޯޓުގެ ކައުންޓަރުންނާއި އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.

ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމުގެ ލިންކު: https://dja.gov.mv/?p=4408

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސެންސްގެ ކޮޕީ.
  3. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ މަތީ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.  މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި މަޤާމަށް މީހަކު ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އާއި މަސައްކަތަށް ބޭނުންވާ ހުނަރާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށާއި ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއުއަށް ބަލައިގެންނެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

 

މާކްސް

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

އިންޓަވިއު

35

ޖުމްލަ

100

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ކޯޓުގެ އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 10 ޖުލައި 2025 އިން 17 ޖުލައި 2025 އާ ދެމެދު،ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

 

ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓުލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

-      މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820752 އަށެވެ. އީ-މެއިލް ކުރާނީ

 [email protected] އަށެވެ.

-      މި އިއުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް ((pdf ފޯމެޓުގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.

-      ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

-      އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

-      މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން/ ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

23 ޖޫން 2025
ހޯދާ