ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
އޭސީ ސަރވިސް ކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާނު

 

އޭސީ ސަރވިސް ކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

މި ސްކޫލުގެ ބައެއް ތަންތަނުގައި ހުރި އޭސީތައް އެކަށީގެންވާ ވަރަށް ފިނިކޮށްދިނުމުގައި މައްސަލަ އުޅޭކަން ފާހަގަކުރެވިފައިވާތީ، އޭސީތައް ސަރވިސްކޮށް އަޅުވަން ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޖޫން 29 ވާ އާދީއްތަ ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ފުރުޞަޠު ހުޅުވާލަމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ވިޔަފާރީގެ ނަމުގައި ތައްޔާރުކުރެވިފައިވާ ކޯޓޭޝަންއަކުން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބުގައި އަގުތައް ލިޔެފައި އޮންނަންވާނީ  ކޮންމެ އޭސީއަށް ގޭސްއަޅަށް ޖެހިއްޖެނަމަ އޭސީޔުނިޓަކަށް ގޭސްއަޅައިދިނުގެ އަގު ވަކިންއެގޭނެގޮތަށެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތު ޝީޓް މި އިއުލާނާއެކު އެވަނީއެވެ.

 އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

23 ޖޫން 2025
ހޯދާ