ދިވެހިރާއްޖެ
މަޤާމު |
ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން |
ބޭނުންވާ އަދަދު |
01 ( އެކެއް ) |
މަޤާމް ގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެމް. އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 3 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހުޅުމާލެ ހޮސްޕިޓަލް |
މުސާރަ: |
މަހަކު -/7035 ރުފިޔާ |
ސަރވިސް އެލެވަންސް: |
މަހަކު -/2000 ރުފިޔާ |
ސަޕޯރޓިންގ ކޯ އެލަވަންސް: |
-/900 ރުފިޔާ |
ރިސްކް އެލަވަންސް: |
-/75 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް) |
ސްޕެޝަލް ޑިއުޓީ އެލަވަންސް: |
މަހަކު 2462.25/-( މުސާރައިގެ 35%) |
އިތުރު އިނާޔަތްތައް |
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
ހޮސްޕިޓަލުގެ ކޮމްޕިއުޓަރ ނެޓްވާކް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ ކޮމްޕިއުޓަރތަކުގައި ޖެހޭ މައްސަލަތައް ހައްލުކުރުން. 3 ސީއެކްސް ސިސްޓަމް މެނޭޖް ކުރުން ހޮސްޕިޓަލުގެ ކޮމްޕިއުޓަރތަކަށް އިންޓރަނެޓް ކަނެކްޓިވިޓީގެ އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ، އެމައްސަލައެއް ހައްލުކުރުމާއި ހޮސްޕިޓަލުގެ ކޮމްޕިއުޓަރތައް ފޯމެޓް ކުރަން ޖެހިއްޖެނަމަ ފޯމެޓް ކުރުމާއި، ސޮފްޓްވެއަރ އެޅުމާއި، ކޮމްޕިއުޓަރ ސެކިއުރިޓީއަށް ބޭނުންވާނޭ ސޮފްޓްވެއަރތައް ބެލެހެއްޓުން. ހޮސްޕިޓަލުގެ ޕޮލިސީތަކާއި އެއްގޮތަށް މުވައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސް ދިނުން ހޮސްޕިޓަލަށް އަލަށް ގެނެވޭ ކޮމްޕިއުޓަރ ސިސްޓަމްތައް ސެޓަޕްކޮށް، ސޮފްޓްވެޔަރ އިންސްޓޮލްކުރުން ނެޓްވޯކް އިކުއިޕްމެންޓްސް ޓެސްޓް ކުރުމާއި، ނެޓްވޯކިންގައި ދިމާވާނޭ މައްސަލަތައް ހައްލުކޮށް އިތުރަށް ނެޓްވޯކް ރަނގަޅު ކުރެވޭނެ ގޮތްތައް ބަލައި ރަނގަޅު ކުރުން. ނެޓްވޯކް ކޭބަލް އަޅަންޖެހޭ ތަންތާގައި ކޭބަލް އެޅުމާއި ހޮސްޕިޓަލުގެ ކޮމްޕިއުޓަރުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން ފިންގަރޕްރިންޓް ސިސްޓަމަށް،ޑޯ ލޮކް ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން ހޮސްޕިޓަލުގެ ސީސީޓީވީ ސިސްޓަމް މެނޭޖްކުރުމާއި މެއިންޓެއިންކުރުން ހޮސްޕިޓަލަށް ބޭނުންވާ ސާރވާރ ހާރޑްވެއަރ އިންޓަރގްރޭޓް ކޮށް އިންސްޓޯލް ކުރުމާއި ބެލެހެއްޓުން ސޮފްޓްކެއާރ ޑީ.ބީ މެނޭޖްކުރުމާއި މެއިންޓެއިންކުރުން ހޮސްޕިޓަލުގެ ޕީ.ބީ.އެކްސް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، އައު ފޯނުތައްގުޅައިދިނުން ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން. |
މަޤާމުގެ ޝަރުތު |
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުން.
މަގާމުގެ ތައުލީމީ ރޮނގުތައް: އިންފޮމޭޝަން ޓެކްނޮލޮޖީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
މަގާމުގެ މަސައްކަތުގެ ދާއިރާތައް: އިންފޮމޭޝަން ޓެކްނޮލޮޖީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ނެޓްވަރކް މެނޭޖްމަންޓް ސޮފްޓްވެއަރ ، ހާޑްވެއަރ އިންޖިނިއަރިންގ |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 02 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޢުލޫމާތު ސާފުކުރުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ. |