މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ގަސްތައް ބެލެހެއްޓުމަށް ލަފާދޭނެ މާހިރެއް ހޯދުމާ ގުޅޭ،

މާލެ ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ގަސްތައް ބެލެހެއްޓުމަށް ލަފާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 ޖުލައި 02 ވާ ބުދަ ދުވަހުގެ 13:00 އަށް އާންމު ޚިދުމަތްތަކާބެހޭ ބައި/ މާލެ ސިޓީ ކައުންސިލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2025 ޖޫން 30 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

23 ޖޫން 2025
ހޯދާ