ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ގދ. ނަޑައްލާ މެޖިސްޓްރޭޓް ކޯޓުގެ ބައެއް މަރާމާތުތައް ކުރުމަށް ބޭނުންވެގެން ދެވަނަ ފަހަރަށް ކުރެވުނު ނަންބަރު A/Q10MC/13/2015ފ(25 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30 އަށް މިކޯޓަށް، ނުވަތަ ގދ.ނަޑައްލާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:30 އަށް މިކޯޓަށް ނުވަތަ ގދ.ނަޑައްލާ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަދި މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
22 ޛުލްޤަޢިދާ 1436