ދިވެހިރާއްޖެ
ސްކޫލްގެ ބައެއް އިމާރާތަކުގެ ދިޔަދޮވި އަދި ބްރެކެޓް ބަދަލުކުރުން
 
 
 މި ސްކޫލުގެ އިމާރާތްތަކުގެ ފުރާޅުގެ ދިޔަދޮވިތައް ބަދަލުކުރުމުގެ މަސައްކަތަށް ނަންބަރު ::GS112/IUL/2025/06 އެއްވެސް ފަރާތަކުން ކުރިމަތީލާފައިނުވާތީ މަސައްކަތްތަކަށް ބަދަލުގެނައުމަފަހު އަލުން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
 1.  މަސައްކަތާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
 2.  ދިޔަދޮވި ބަދަލުކުރަން ބޭނުންވާ ތަންތަން ބެއްލެވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2025 ޖޫން 23 އަދި 29 ވަނަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް އެ ތަންތަން ބެއްލެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ.
 3. މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖޫން 30 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން  [email protected] އަށް ކޯޓޭޝަން އީމެއިލް ކޮށްދެއްވުން އެދެމެވެ.
 4. މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ އަންނަނިވި ފަރާތްތަކަށެވެ:
 - ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް
 - އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް.
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސްކޫލުގެ އިދާރީ ބަޔާ ގުޅުއްވުން އެދެމެވެ.
23 ޖޫން 2025.
 
                    