އިޢުލާނު
|
މަޤާމު:
|
ޕްރޮގްރާމް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-408838
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް.އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، މާލެ
|
މުސާރަ:
|
-/6295 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
- ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28. އަދި ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ފަރާތްތަކާއި މުއާމަލާތްކޮށް ބޭނުންވާ މައުލޫމާތުތައް އެއްކުރުން.
- "ސްޓޭޓް އޮފް ވޯޓަރ އެންޑް ސެނިޓޭޝަން" އަހަރީ ރިޕޯޓްތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ރިޕޯޓުތައް ޝާއިޢުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ފެނުގެ ކުއަލިޓީ ކަށަވަރު ކުރުމަށްޓަކައި ޔުޓިލިޓީތައް މެދުވެރިކޮށް މައުލޫމާތު އެއްކުރުމާއި، އަހަރީ ރިޕޯޓުތައް ތައްޔާރުކުރުން.
- ފެނާއި ނަރުދަމާގެ ނިޒާމުތައް ޤާއިމްކޮށް ޙިދުމަތްދެމުންދާގޮތް މޮނިޓަރ ކުރުމަށް މޮނިޓަރިންގ ޓްރިޕްތައް ރާވައި، ދަތުރުތަކުގައި ބައިވެރިވެ، ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
- ފެނާއި ނަރުދަމާގެ ނިޒާމްތަށް ހިންގާ ބެލެހެއްޓުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއިގުޅޭ ދިރާސާތައްކުރުމުގައި އެހީތެރިވެދިނުން
- ކަނޑައަޅާ ޝެޑިއުލްއާއި އެއްގޮތަށް ޔުޓިލިޓީ ކުންފުނިތަކާއި އެކު ބައްދަލުވުން ބާއްވާ، ބައްދަލުވުމުގައި ނިންމާ ކަންކަން ކުރިއަށްދާގޮތް މޮނިޓަރކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
- ފެނާއި ނަރުދަމާގެ ނިޒާމުތަކާއި ގުޅޭ އެންވަޔަރަންމަންޓަލް އިންޕެކްޓް އެސެސްމަންޓްތަކުގެ ސްކޯޕިންގ މަރުހަލާގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.
- ފެނާއި ނަރުދަމާގެ ޚިދުމަތްތަކާއި ގުޅޭ ގޮތުން ކައުންސިލްތަކާއި އެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، މި މައުލޫމާތުތައް ފޯރުކޮށްދިނުން.
- ފެނާއި ނަރުދަމާގެ ދާއިރާއާއި ގުޅޭ ޕްރެސެންޓޭޝަން ތައްޔާރުކުރުމާއި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ވޯކްޝޮޕްތަކާއި ބައްދަލުވުންތަކުގައި ދާއިރާ ތަމްސީލްކުރުން.
- ފެނާއި ނަރުދަމާއާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތައް ކަމާގުޅޭ ފަރާތްތަކާއި އެކު ރާވާ ހިންގުން.
- ފެނާއި ނަރުދަމާގެ ޕްރޮގްރާމްތަކާއި މަޝްރޫޢުތަކާއި ގުޅޭގޮތުން ރާއްޖެ ޒިޔާރަތްކުރާ މިޝަންތަކަށް ދާއިރާއާއި ގުޅޭ މައުލޫމާތު ދިނުމާއި ބައްދަލުވުންތަކުގައި ބައިވެރިވުން.
- ފެނާއި ނަރުދަމާގެ ހިދުމަތްދޭ ޔުޓިލިޓީ ތަކުން ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ނިޒާމުތައް ހިންގުމަށް ކުރާ މަސައްކަތްތަކުގައި އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.
- ސެކްޓަރ ގެ ވާރކްޕްލޭންގެ ދަށުން ހަވާލު ކުރާ މަސައްކަތްތައް ކަނޑައަޅާ ތާރީޚަށް ނިންމުން.
- ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޓްމޮސްފިއަރިކް ކެމިސްޓްރީ
- އެޓްމޮސްފެރިކް ސައިންސް
- ބަޔޯ ޑައިވާސިޓީ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ކެމިކަލް އިންޖިނިއަރިންގ
- ކެމިސްޓްރީ
- ސިވިލް އިންޖިނިއަރިންގ
- ކްލައިމެޓް ޗޭންޖް
- ކްލައިމެޓް ސައިންސް
- ކްލައިމެޓޮލޮޖީ
- ކޯސްޓަލް އިންޖީނިއަރިންގ
- ކޯސްޓަލް ޒޯން މެނޭޖްމަންޓް
- ކޮމްޕިއުޓަރ ސައިންސް
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް
- އިލެކްޓްރިކަލް އިންޖިނިއަރިންގ
- އެނަރޖީ
- އެނާޖީ އިންޖިނިއަރިންގ
- އެނާރޖީ މެނޭޖްމަންޓް
- އެނާރޖީ ޕޮލިސީ
- އެންވަޔަރަންމެންޓަލް ކެމިސްޓްރީ
- އެންވަޔަރަންމެންޓަލް އިކޮނޮމިކްސް
- އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
- އެންވަޔަރަންމަންޓަލް ޕޮލިސީ
- އެންވަޔަރަންމެންޓަލް ސައިންސް
- އެންވަޔަރަމެންޓަލް ސްޓަޑީޒް
- ޖިއޯމެޓިކްސް
- ޖިއޮމެޓިކް އިންޖީނިއަރިންގ
- ޖިއޯސްޕާޝިއަލް ސައިންސް
- ޖިއޯޓެކްނިކަލް އިންޖިނިއަރިންގ
- އިންފޮމޭޝަން ރިސޯސަސް މެނޭޖްމަންޓް
- އިންޓަނޭޝަނަލް ރިލޭޝަންސް
- މެރިން ބަޔޮލޮޖީ
- މެރިން ކެމިސްޓްރީ
- މެރިން އިކޮނޮމިކްސް
- މެރިން އިންޖީނިއަރިންގ
- މެރިން ސައިންސް
- މެރިން ސަރވޭ
- މެރިން ޓެކްނޮލޮޖީ
- މެކޭނިކަލް އިންޖިނިއަރިންގ
- މައިކްރޯބަޔޮލޮޖީ
- ނެޗުރަލް ރިސޯސް މެނޭޖްމަންޓް
- އޯޝެނޮގްރަފީ
- ޕްރޮޖެކްޓު މެނޭޖުމަންޓު
- ކޮންޓިޓީ ސާވޭއިންގް
- ސްޕާޝިއަލް ސައިންސް
- ސްޓެޓިސްޓިކްސް
- ސާވޭއިންގް އިންޖިނިއަރިންގް
- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
- އަރބަން ޕްލޭނިންގ
- ވޭސްޓް މެނޭޖްމަންޓް
- ވޯޓަރ އެންޑް ސެނިޓޭޝަން
- ވޯޓަރ ކެމިސްޓްރީ
- ވޯޓަރ އިންޖީނިއަރިންގ
- ވޯޓަރ މައިކްރޯބައޮލޮޖީ
- ވޯޓަރ ރިސޯސް މެނޭޖްމަންޓް
- ވޯޓަރ ސައިންސް
- ވޯޓަރ ސަޕްލައި އިންޖީނިއަރިންގ
- ވޯޓަރ ޓެކްނޮލޮޖީ
ޕްރިފަރޑް ޑިސިޕްލިން(ތައް):
ކޯ ޑިސިޕްލިން(ތައް):
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
- އެންވަޔަރަންމެންޓަލް ސައިންސް
- ވޯޓަރ އެންޑް ސެނިޓޭޝަން
- ވޯޓަރ މައިކްރޯބައޮލޮޖީ
- ވޯޓަރ ރިސޯސް މެނޭޖްމަންޓް
- ވޯޓަރ ސައިންސް
- ވޯޓަރ ޓެކްނޮލޮޖީ
|
ގުޅޭވަޒީފާގެ ދާއިރާތައް:
- އެންވަޔަރަމެންޓް
- ފެނާއި ނަރުދަމާ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖޫން 30 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަނާއިއެކު ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސުރުހީގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުންއެދެމެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 01 ޖުލައި 2025 އާއި 17 ޖުލައި 2025 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018329،3018324 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|