އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގު ކޮމިޓީއަށް މެމްބަރުން ހޯދުމާއި ގުޅޭ

އަގު ކޮމިޓީއަށް މެމްބަރުން ހޯދުމާ ގުޅޭ

މަޤާމު:

އަގުކޮމެޓީގެ މެމްބަރު

ދަފްތަރުގެ މުއްދަތު:

ކޮމެޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު

ބޭނުންވާ އަދަދު:

05 (ފަހެއް)

ކުރަންޖެހޭ މަސައްކަތް:

އައްޑޫއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ދާއިރާގެ އެހެން ކޯޓަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.

އުޖޫރައާއި އިނާޔަތްތައް:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300/- (ތިންސަތޭކަ) ރުފިޔާ.

(ނޯޓު: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300/- (ތިންސަތޭކަ) ރުފިޔާ ދިނުމުގެ އިތުރަށް ހުރުމާއި، ކެއުމާއި، ދަތުރު ޚަރަދު އެކޯޓަކުން ހަމަޖައްސައިދޭނެ.)

އަސާސީ ޝަރުޠު:

ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން

ދިވެހި ރައްޔިތެއް ކަމުގައިވުން.

ލިޔަންކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާސިލްވެފައިވުން. ނުވަތަ،

ލިޔަންކިޔަން ދަތުމާއެކު މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަސައްކަތް ޙަވާލުކުރުން:

ކޯޓަށް ހުށަހެޅިފައިއޮތް މައްސަލަތަކާ ގުޅިގެން ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމިޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެމްބަރަކާ މަސައްކަތް ޙަވާލުކުރެވޭނެ. އަދި އަގު ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު އޮންނަ މައްސަލަތަކުގައި ކޮމިޓީގެ މެމްބަރުކަން ނުކުރެވޭނެ.

ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި:

އަގުކޮމިޓީގެ މެމްބަރުކަމަށް އެދޭ ސިޓީ

އައި.ޑީ ކާޑުގެ ކޮޕީ

މެމްބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު

ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ނޯޓް: މިކޯޓުގެ އީމެއިލް [email protected] އަށް މެއިލްކުރައްވާ ސިޓީތައް، އެއް PDF ފައިލެއްގެ ގޮތުގައި ފޮނުވައިދެއްވުން އެދެމެވެ.)

ސުންގަޑި:

2025 ޖުލައި 03 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

ގުޅޭނެ ނަމްބަރު: 6895040

އީމެއިލް އެޑްރެސް: [email protected]

22 ޖޫން 2025
ހޯދާ