ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަލްޓި ސްޕޯޓްސް ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން

އިޢުލާން

މަލްޓި ސްޕޯޓްސް ބިމުގެ ހަވާސާއިން ހުނޅަގުފަރާތުން އުތުރުން ފެށިގެން ދެކުނަށް 12 ޕްލޮޓް (05 މީޓަރު 2 މީޓަރ) ގާޑިޔާ އުސޫލުން 25 އަހަރަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ވީމާ، މިދެންނެވި ސަރަޙައްދުގައި ވޯކްޝޮޕް، ގަރާޖް، ސިނާއީ މަސައްކަތް އަދި ކުދި ވިޔަފާރި ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 29 ޖޫން 2025ވާ އާދިއްތަ ދުވަހުގެ 11:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމްވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 06 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 11:00ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  •  ގަޑިޖެހިގެން ބިޑް ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

 

22 ޖޫން 2025
ހޯދާ