ދިވެހިރާއްޖެ
އިޢުލާން
ކާރަކާއި ވޭނެއް ސިޓީލާ ނީލަމުގައި ވިއްކާލުން
މިއިދާރާގެ ތިރީގައި މިދަންނަވާ ދެ ވެހިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވިފައިވާ ނަންބަރ: (IUL)426-CA/426/2025/365 (28 މެއި 2025) އިޢުލާނަށް އެއްވެސް ފަރާތުން އަގު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ނީލަން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ޖޫން 2025 ދުވަހުން ފެށިގެންނެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން އަގު ހުށަހެޅުމަށް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ، "NL04 ސިޓީން އަގުހުށަހަޅާ ފޯމު" ފުރިހަމަކޮށް ބަންދުކުރެވިފައިވާ، ސިޓީ އުރައެއްގައި ކޮންމެ ދުވަހެއްގެވެސް 12:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް، ނުވަތަ މިއިދާރާގެ އީމެއިލް؛ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 12:00 އާއި ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މިއިދާރާގެ ނޯޓިސްބޯޑްގައާއި، ފޭސްބުކް ޕޭޖްގައި ޢާއްމު ކުރެވޭނެއެވެ.
ވެހިކަލް ބައްލަވާ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން 11:00 ށް މިއިދާރާއަށް ވަޑައިގަތުމުން ވެހިކަލް ދައްކާލުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެއެވެ.
ނީލަމަށް ހުށަހެޅޭ އަގު ޖެހިޖެހިގެން ރަސްމީ 03 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަށް ނީލަން ނިންމާ ލެވޭނެއެވެ. ނީލަމުގައި އެންމެ މަތީ އަގު ހުށަހަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމޭ ދުވަހުން ފެށިގެން ރަސްމީ 07 ދުވަހުގެ ތެރޭގައި މި އިދާރާއަށް ފައިސާ ދެއްކުމުން ވެހިކަލް އެފަރާތާއި ޙަވާލު ކުރެވޭނެއެވެ. އަދި ދެންނެވިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެފުރުސަތު ދެވޭނެއެވެ. ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތުންވެސް ފައިސާ ނުދައްކައިފިނަމަ 3 ވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެ ފުރުސަތު ދެވޭނެއެވެ. 3 ވަނައަށް ފުރުސަތު ދެވުނު ފަރާތުން ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ.
ވެހިކަލް ނަންބަރ |
ނީލަން ފަށާއަގު |
ނީލަމަށް އިތުރުކުރެވޭނެ އެންމެ ކުޑައަގު |
BIA 1604 ކާރު |
26000.00 ރުފިޔާ |
1000.00 ރުފިޔާ |
B1B 1518 ވޭން |
73140.00 ރުފިޔާ |
1000.00 ރުފިޔާ |
26 ޛުލްޙިއްޖާ 1446
22 ޖޫން 2025