އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުގައި ބޭނުންނުކުރާ ތަކެތި ނީލަން ކިޔުން

 

                މިކޯޓުގައި މިހާރު ބޭނުންނުކުރާ ތަކެތީގެ ތެރެއިން 2025 ޖޫން 03 ގައި ކީ ނީލަމުގައި ނުވިކޭ ތަކެތި އަލުން ނީލަން ކިޔުން 2025 ޖުލައި 2 ވާ ބުދަ ދުވަހު 11:00ގައި މިކޯޓުގެ ކުރިމަތީގައި އޮންނާނެއެވެ.

                މިނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ.

ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމަށް ވަޑައިގަންނަވާ ފަރާތްތަކުން ވަޑައިގަންނަވާނީ މިކޯޓަށެވެ. ނީލަން ކިޔާ ތަކެތީގެ ތަފްޞީލް ލިސްޓް ތިރީގައި އެވަނީއެވެ.

 

ނީލަމުގެއަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު (ރ)

ނީލަންފެށޭ އަގު (ރ)

ޢަދަދު

ތަކެތީގެތަފްޞީލް

60.00

838.80

1

އެއަރކޮންޑިޝަން 12000BTU (ގްރީ)

45.00

619.90

1

އެއަރކޮންޑިޝަން 12000BTU (ކޮމްފީ)

10.00

137.00

1

އެގްޒެކްޓިވް ލޯބެކް ޗެއަރ

50.00

746.80

1

ޓީވީ 55 އިންޗި UHD (ޓީސީއެލް)

5.00

50.70

1

މޮޑެމް ހުވާވޭ

5:00

15.00

1

މައުސް ލޭޒަރ (އޭސަރ)

200.00

1346.72

1

ފޯން (ކޮންފަރެންސް)

   

ނީލަމުން ނަންގަވާ ތަކެތި 2025 ޖުލައި 3 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން ގެންދަވަން ވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި މިކޯޓުގެ ފަރާތުން އަލުން އިޢުލާންކޮށް ނީލަންކިޔައި ނުވަތަ ކުނީގެ ގޮތުގައި ނައްތައި ލެވޭނެއެވެ.        

                   މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ޖޫން 2025
ހޯދާ