ދިވެހިރާއްޖެ
`
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު
ކ. މާފުށި، ދިވެހިރާއްޖެ
ނަންބަރު: H12C-A/2025/28
އިޢުލާން
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު ހިނގަމުންދާ ޢިމާރާތްހުރި ގޯތިތެރޭގައި ޢިމާރާތާ އިންވެގެން ދެ ބުރީގެ ޢިމާރާތެއް ހެދުމަށް، ފްލޯރ ޕްލޭންތަކާއި، ޑީޓެއިލް ކުރެހުންތަކާއި ބީ.އޯ.ކިއު އަދި މަޢުލޫމާތުޝީޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު ހިނގަމުންދާ ޢިމާރާތްހުރި ގޯތިތެރޭގައި ޢިމާރާތާ އިންވެގެން ދެ ބުރީގެ ޢިމާރާތެއް ހެދުމަށް، ފްލޯރ ޕްލޭންތަކާއި، ޑީޓެއިލް ކުރެހުންތަކާއި ބީ.އޯ.ކިއު އަދި މަޢުލޫމާތުޝީޓް ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުށަހަޅާލަމެވެ. ނޯޓިސް އާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޓުގެ އީމެއިލް [email protected] އަށް 01 ޖުލައި 2025 ގެ 13:30 ގެ ނިޔަލަށް މެއިލްކޮށްދެއްވުން އެދެމެވެ.
ވީމާ، ޝައުގުވެރިވާފަރާތްތަކުން 03 ޖުލައި 2025 ގެ 13:30 ގެ ނިޔަލަށް މިކޯޓުގެ އީމެއިލް އަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޛުލްޙިއްޖާ 1446
22 ޖޫން 2025