ދިވެހިރާއްޖެ
އޮމަދޫ ޕަވަރހައުސްއިން މި ސްކޫލަށް ކަރަންޓް ކޭބަލެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި އިޢުލާނު ނުކުތުމުން މި މަދަރުސާއިން ކުރި (ނަންބަރު: GS-178-IUL-2015-27 އިޢުލާނު 13 ޖުލައި 2015) މިއަދު 08 ސެޕްޓެންބަރު 2015 ން ފެށިގެން ބާޠިލުވީއެވެ. އެ އިޢުލާނު ބާޠިލުކުރީ ބިޑް އިވެލުއޭޝަން ކޮމެޓީން އިޢުލާނު ބާޠިލު ކުރުމަށް ލަފާދެއްވާފައިވުމާއި، މި ޕްރޮޖެކްޓަށް އިތުރު ބަދަލުތައް ގެނަންޖެހިފައިވުމުންނެވެ.
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އޮމަދޫ ޕަވަރހައުސްއިން މި ސްކޫލަށް ކަރަންޓް ކޭބަލެއް އަޅަން ބޭނުންވެއެވެ.
ވީމާ، ކޭބަލާއި މީޓަރ އަދި އެމްސީބީ ސްޓެލްކޯއިން ލިބޭނެގޮތް ހަމަޖައްސައިދިނުމުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 ށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަނީ މި މަދަރުސާއިން ދޭ ފޯމެޓާ އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.
24 ޛުލްޤަޢިދާ 1436