އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ މަރަދޫފޭދޫ އިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

އިޢުލާން

އައްޑޫސިޓީ  މަރަދޫފޭދޫ އިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

        އައްޑޫސިޓީ މަރަދޫފޭދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)426-AE/426/2025/278 (05 މޭ 2025) އިޢުލާނާއި ގުޅިގެން ދަންނަވަމެވެ.

        ހަވާލާދެވުނު އިޢުލާނުގައިވާގޮތުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު 24 ޖޫން 2025 ގެ 13:00 އަށް ހަމަވާނެއެވެ. ނަމަވެސް ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެތެރޭގައި ޢީދު ބަންދު އައުމާއި ފޯމު ހުށަހަޅާ މީހުންގެ ޢަދަދު ގިނަވުމާއި އަދިވެސް ފޯމުލާން ބޭނުންވާ ގިނަބަޔަކު ތިބިކަން ފާހަގަކުރެވޭތީ އެފަރާތްތަކަށް ފުރުސަތު ދިނުމުގެގޮތުން، 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައިވާ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

23 ޛުލްޙިއްޖާ 1446

19 ޖޫން 2025

19 ޖޫން 2025
ހޯދާ