ދިވެހިރާއްޖެ
އިޢުލާން
އިޖްތިމާޢީ މަރުކަޒުތައް ހިންގުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މެމްބަރޝިޕް ފީ ނެގުމާ ގުޅޭ
އިޖްތިމާޢީ މަރުކަޒުތައް ހިންގުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު މިއިދާރާގެ ނަންބަރ: (IUL)426-AB/426/2024/302 (05 އޮގަސްޓް 2024) އިޢުލާނުން އާއްމުކޮށް، އެއުޞޫލަށް އެތާރީޚުން ފެށިގެން ޢަމަލުކުރަންފަށާފައިވާތީ، އައްޑޫގެ އިޖުތިމާޢީ މަރުކަޒުތަކުން ދޭ އެއްވެސް ޚިދުމަތެއް ދެން ލިބިދެވޭނީ އެއުޞޫލުގައި ބަޔާންކުރާ ގޮތުގެ މަތީން އެ މަރުކަޒުގެ މެމްބަރަކަށްވުމުން ކަމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ. އެހެންކަމުން، މިއިޢުލާނާއި އެކު އިސްވެ ބަޔާންކުރި އުޞޫލުގެ ދަށުން މެމްބަރަކަށް ވުމަށް ފީއެއްގެ ގޮތުގައި ނެގުމަށް ކަނޑައަޅާފައިވާ ފީތަކުގެ ތާވަލު ހިމަނައި، ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
މިއާއެކު، 2025 ޖުލައި 01 އިން ފެށިގެން އައްޑޫގެ ހުރިހާ އިޖުތިމާޢީ މަރުކަޒުތަކުން އާންމުންނަށް ޙިދުމަތްތައް ލިބިގެންދާނީ މިއިޢުލާނާއެކު ބަޔާންކުރާ ތާވަލާ އެއްގޮތަށް މެމްބަރޝިޕް ފީ އަދި ވަކި ވަކި ހަރަކާތްތަކަށް ނަގަން ކަނޑައަޅާފައިވާ ފީތައް ދެއްކުމުން ކަމަށާއި، މިއިޢުލާން ޝާއިޢުކުރުމާއެކު ކޮންމެ އަވަށެއްގައި ޤާއިމުވެފައިވާ މަރުކަޒަކުން ޚިދުމަތް ހޯދަން އެދޭ ފަރާތްތަކުން މެމްބަރުންގެ ގޮތުގައި މެމްބަރޝިޕް ފޯމް (އޮންލައިން އެޕްލިކޭޝަން) ފުރިހަމަ ކުރައްވައި ދަފްތަރުވުމަށް ދަންނަވަމެވެ. ހަމައެހެންމެ، 2025 ޖުލައި 01 އިން ފެށިގެން ހުރިހާ މަރުކަޒުތަކުން ޚިދްމަތް ފޯރުކޮށްދެވޭނީ މެމްބަރުންގެ ގޮތުގައި ދަފްތަރުވެ ހޯދާ ޚިދްމަތްތަކަށް ދައްކަންޖެހޭ ފީތައް ދެއްކެވުމުން ކަމުގައި އަންގާ ޢިއުލާން ކުރީމެވެ.
23 ޛުލްޙިއްޖާ 1446
19 ޖޫން 2025