މަޤާމު:
|
ސީނިއަރ އެގްޒެކެޓިވް އެސޯސިއޭޓް، ފައިނޭންސް
|
ސެކްޝަން:
|
ފައިނޭންސް
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ
|
އަސާސީ މުސާރަ:
|
6،750.00 ރުފިޔާ އާއި 7،250.00 ރުފިޔާއާ ދެމެދު
|
ސަރވިސް އެލަވަންސް:
|
100.00 ރުފިޔާ އާއި 120.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
|
ޙާޒިރީ އެލަވަންސް:
|
180.00 ރުފިޔާ އާއި 190.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
|
އެހެނިހެން އިނާޔަތްތައް:
|
މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާގޮތަށް އިންސްޓިޓިއުޓްގެ ބަޖެޓާއި ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓްގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމުން.
- އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓްގެ ބަޖެޓުން ޚަރަދުކުރުމާއި، އާމްދަނީ ގޮތުގައި އަދި އާމްދަނީ ނޫން ގޮތުގައި އިންސްޓިޓިއުޓަށް ލިބޭ ފައިސާ ބަލައިގަތުމާއި، އިންސްޓިޓިއުޓްގެ އެންމެހާ ފައިސާއާބެހޭ ކަންކަން ބެލެހެއްޓުން.
- އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓްގެ ޚަރަދު ރިޕޯޓާއި، ތިޖޫރީ ރިޕޯޓާއި، އާމްދަނީ ރިޕޯޓުތަކާއި، މާލީ ހިސާބުތަކާއި އަދި އެހެނިހެން ހިސާބުތައް ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ މުއްދަތުތެރޭގައި ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- އިންސްޓިޓިއުޓް އޮޑިޓްކުރުމުގެ އެންމެހައި މަސައްކަތްތަކުގައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ، އޮޑިޓަރުން ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ކުރުން.
- އިންސްޓިޓިއުޓްގެ ހިސާބު ބެލެހެއްޓުމުގެ ނިޒާމު ހިންގާ ބެލެހެއްޓުމާއި، އަދި ހުރިހާ އެންޓްރީތަކެއް ސައްޙަކަމާއެކު ނިޒާމަށް ފާހަގަކުރެވިފައިވާކަން ޔަގީންކުރުން.
- ހުރިހާ މާލީ މުޢާމަލާތްތަކެއް ވަގުތުން ވަގުތަށް ހިސާބު ބެލެހެއްޓުމުގެ ނިޒާމުގައި ސައްޙަކަމާއެކު ރެކޯޑުކުރެވިފައިވާކަން ޔަގީންކުރުން.
- ފައިސާ ދެއްކުމަށް ޕްރޮސެސްކުރުމުގެ ކުރިން، ފައިސާ ދެއްކުމަށް އެދޭ ރިކުއެސްޓްތައް އިދާރާގެ އެތެރޭގެ ސިޔާސަތުތަކާއި އިޖުރާއަތުތަކާ އެއްގޮތްވޭތޯ ބަލައި މުރާޖަޢާކުރުން.
- ޕެޓީ ކޭޝް އަދި އެހެނިހެން އެޑްވާންސްތައް ހިމެނޭގޮތަށް، ބޭންކު އެކައުންޓުތައް ރިކޮންސައިލްކުރުން.
- އައި.އެފް.އާރް.އެސް (ބައިނަލްއަޤްވާމީ މާލީ ރިޕޯޓިންގ މިންގަނޑުތައް) އާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުންވާ ނޯޓުތައް ހިމެނޭގޮތަށް މާލީ ބަޔާންތައް ތައްޔާރުކުރުން.
- ޖީ.އޭ.އޭ.ޕީ ގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރެކޯޑެށް ބެލެހެއްޓުމާއި، ހިސާބު ބެލެހެއްޓުމާއި އަދި ރިޕޯޓު ކުރުމުގެ އެންމެހައި މަރުޙަލާތައް ފުރިހަމަކުރެވިފައިވާކަން ޔަޤީންކުރުން.
- މެނޭޖްމަންޓަށާއި ކައުންސިލަށް މަހުން މަހަށް، ކުއާޓަރުން ކުއާޓަރަށް، އަދި އަހަރުން އަހަރަށް ހުށަހަޅަންޖެހޭ މާލީ އަދި ޤަވާއިދުތަކާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން.
- އޫޑޫ ސިސްޓަމްއާ އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ރެކޯޑެއް ބެލެހެއްޓުމާއި ހިސާބު ބެލެހެއްޓުން ފުރިހަމަކުރެވޭކަން ޔަގީންކުރުން.
- އިންސްޓިޓިއުޓްގެ އިންޓާނަލް އަދި އެކްސްޓާނަލް ރިޕޯޓިންގ ކުރުން.
- އިންސްޓިޓިއުޓްގެ އިންޓާނަލް އަދި އެކްސްޓާނަލް އޮޑިޓްތަކަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އެއްކޮށް، މުރާޖަޢާކުރުން.
- އިންސްޓިޓިއުޓްގެ މާލީ ސިޔާސަތުތަކާއި ސެކްޝަންގެ މަސައްކަތްތައް ހިންގުމުގެ މިންގަނޑާއި އުސޫލުތައް އަބަދުވެސް މުރާޖަޢާކުރަމުން ގެންދިއުން.
- އެކަށީގެންވާ އިންޓާނަލް ކޮންޓްރޯލްތައް ތަންފީޒުކުރުމާއި، އަދި ހަރުދަނާ ހިސާބު ބެލެހެއްޓުމާއި، ކޮންޓްރޯލް ފަންކްޝަން ޔަގީންކުރުމަށްޓަކައި އިޖުރާއަތުތައް އެކުލަވާލުން.
- އިންސްޓިޓިއުޓްގެ ބަޖެޓުތައް ތައްޔާރުކުރުމުގައި އެހީތެރިވުމާއި، ބަޖެޓުތަކާ އަޅާބަލާއިރު ޚަރަދުތައް ހުރި މިންވަރު ބެލުން.
- މިނޫންވެސް އިންސްޓިޓިއުޓްގެ ފައިސާއާބެހޭ އެންމެހާ ކަންކަން އިންސްޓިޓިއުޓްގެ ވެރިން ކަނޑައަޅާ ގޮތެއްގެ މަތިން ރާވާ އިންތިޒާމްކުރުން.
- ބޭނުންވެއްޖެ ހިނދެއްގައި އާންމު އިދާރީ މަސައްކަތްތަކުގައި ބައިވެރިވުން.
- މެނޭޖްމަންޓުން ބޭނުންވެދާނެ އެހެނިހެން ގުޅުންހުރި މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ނުވަތަ ACCA ޕްރޮފެޝަނަލް ލެވެލް ނުވަތަ CIMA ސްޓްރެޓެޖިކް ލެވެލް ހާޞިލްކޮށްފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ACCA ސްކިލްސް ލެވެލް ހާޞިލްކޮށްފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ACCA ގެ 7 ޕޭޕަރު ނިންމާފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމާއި ގުޅޭދާއިރާއަކުން އެޑްވާންސްޑް ޑިޕްލޮމާ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:
|
- އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.
- ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- އޫޑޫ ސިސްޓަމް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ
ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 28 ޖޫން 2025 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.
ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|