މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމާ ގުޅޭ

ދިވެހިރާއްޖޭގައި މަސައްކަތްކުރާބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމާ ގުޅޭ 
 

އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައިނުވާ ކަމަށް މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައިއެވެ.  

ވީމާ ، 2025 ޖޫން 30 ވަނަ ދުވަހުގެ ކުރިން ، ބިދޭސީ ފަރާތް ރާއްޖޭގައިހުރެ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކުގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް ނިންމުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާފަރާތްތަކަށް 2025 ޖުލައި 01 ވަނަ ދުވަހުން ފެށިގެން އަންނަނިވި ފިޔަވަޅުތައް އެޅިގެން ދާނެއެވެ.  

  1. ބައޯމެޓްރިކްސް އަޕްޑޭޑް ކޮށްފައިނުވާ އެކްޓިވް ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަށް އެކްސްޕެޓް ސިސްޓަމްއިން ދެމުން ގެންދާ ހުރިހާ ޚިދުމަތްތަކެއް މެދުކަނޑާލުން. 

  1. ބައޯމެޓްރިކްސް އަޕްޑޭޑް ކޮށްފައިނުވާ އެކްޓިވް ވަރކް ޕަރމިޓެއްގައި 4 މަހަށް ވުރެ ގިނަ ދުވަހަށް ރާއްޖެއިން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީ އަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް އެކްސްޕެޓް ސިސްޓަމް ރިކޯޑްތަކަށް ބެލުމަށްފަހު ބާޠިލްކުރުން. 

  1. ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރެ ޤާނޫނާ ޤަވާއިދުގެ ތެރެއިން ވަޒީފާދޭ ފަރާތެއް ހުރި ބިދޭސީއެއް ނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުޞަތު ދިނުން. 

  1. ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރެ ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީއެއްނަމަ އެ ބިދޭސީއަކު ޑީޕޯޓްކޮށް ވަރކް ޕަރމިޓް ބާޠިލްކުރުން. 

  1. ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާޠިލްކުރުން. 

  1. ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމަށްފަހު އެކްޓިވް ވަރކް ޕަރމިޓެއްގައި 1  އަހަރު ދުވަހުގެ މުއްދަތަކަށްވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައިހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާޠިލްކުރުން.  

  1. ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ހުރި ބިދޭސީއަކަށް ވަޒީފާދޭނެ ފަރާތެއް ހުރެއްޖެނަމަ އެ ފަރާތަކަށް ރެގިއުލަރައިޒް ވުމުގެ ފުރުޞަތު ދިނުން.  

  1. އަދި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސް 4މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ ސިސްޓަމް ރެކޯޑްތައް ބެލުމަށް ވަރކް ޕަރމިޓް ބާޠިލްކުރުން.  

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7690228 ގުޅުއްވައި ނުވަތަ [email protected]އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. 

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. 

23 ޛުލްޙިއްޖާ 1446

19 ޖޫން 2025
ހޯދާ