މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ހދ. ހަނިމާދޫގައި ޑެމޮންސްޓްރޭޝަންގެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ހޯދައި، އެތަކެތި ހދ.ހަނިމާދޫ އަށް ޑެލިވަރ ކުރުމުގެ މަސައްކަތް

މި މިނިސްޓްރީގެ ދަށުން ހދ. ހަނިމާދޫގައި ޑެމޮންސްޓްރޭޝަންގެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ހޯދައި، އެތަކެތި ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރއަށް ޑެލިވަރ ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)492-PS/492/2025/74  އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

އެހެންކަމުން، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 01 ޖުލައި ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282 އަދި 3339279 ނަންބަރު ފޯނަށެވެ.

19 ޖޫން 2025
ހޯދާ