ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ - ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް

 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

 ބޭނުންވާ އަދަދު:

1

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް

 06

 ސްޕައިން ޕޮއިންޓް:

 27

މަހަކު 7,835.52 ރ

 ސަރވިސް އެލަވަންސް:

 މަހަކު  3,358.08ރ

-          އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-          ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35

-          ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)

-          ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)

-          ލައިބްރަރީ މެމްބަޝިޕް

ދާއިމީ

  1. އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 01 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
  • އާއްމުކޮށް ކޮންމެ ދުވަހަކު އޮފީހުން ފޮނުވަންޖެހޭ ސިޓީތަކާއި، ލިޔުންތަކާއި މެމޯ ލިޔެ ފޮނުވުން
  • ސެންޓަރުގެ މެއިލް ޗެކުކޮށް ޖަވާބުދީ އަޕްޑޭޓުކޮށް ބެލެހެއްޓުން
  • އޮފީހަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން
  • ސެންޓަރުން ހިންގާ ހުރިހާ ޓްރެއިނިންގތަކެއްގެ އިންތިޒާމް ބެލެހެއްޓުން

-          ސެންޓަރުން ހިންގާ ހުރިހާ ޓްރެއިނިންގތަކެއްގެ އިންތިޒާމް ޓްރެއިނިންގ ކޯޑިނޭޓަރގެ ލަފާގެ މަތިން ހަމަޖެއްސުން

-          ޓްރެއިނިންގތައް ކުރިއަށްދާއިރު ބޭނުންވާ އިދާރީ އެހީ ފޯރުކޮށްދިނުން

  • ފެކަލްޓީތަކުގެ މޮނިޓަރިންގ އެންޑް އިވެލުއޭޝަން:

-          ކޮންމެ ސެމެސްޓަރ އަކު ސެންޓަރުން މޮނިޓަރކުރާ ބްލެންޑެޑް ލާރނިންގެ ސަބްޖެކްޓްތަކުގެ ލިސްޓުތައް ފައިނަލްކުރުން

  • ސަބްޖެކްޓް އިވެލުއޭޝަން ހެދުން:

-          ކޮންމެ ސެމެސްޓަރެއް ނިމުނުން ފެކަލްޓީތަކުން ފޮނުވާ ބްލެންޑެޑް ލާރނިންގެ މާއްދާތަކުގެ ޓީޗަރުންގެ ކިޔަވައިދިނުމުގެ އިވެލުއޭޝަން ހެދުން

  • އޮފީހާއި އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންގެ ސްޓޭޝަން ތައްޔާރުކޮށް ބޭނުންވާ ތަކެތި ފޯރޮކޮށްދިނުން
  • އެކަޑެމިކް މުވައްޒަފުންނަށް ބޭނުންވާ އިދާރީ އެހީ ފޯރުކޮށްދިނުން
  • ކުއްލިއަކަށް ދިމާވާ ކަންކަން ހައްލުކުރުމަށް ސެންޓަރުގެ ވެރިޔާގެ މަޝްވަރާއާއެކު މަސައްކަތް ކުރުން
  • އޮފީހުގެ މުވައްޒަފަކު ސަލާމާއި އެހެންވެސް ޗުއްޓީއެއްގައި ހުންނަ ދުވަސްތަކުގައި ހަވާލުވެފައިވާ މަސައްކަތްތައް ކުރުން
  • ސްޓާފް މީޓިންގެ އިންތިޒާމްތައް ހަމަޖައްސައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

-          މީޓިންގ އޮންނަ ދުވަސް ޤަަވާއިދުން އީ.މެއިލް މެދުވެރިކޮށް ސެންޓަރުގެ އެކަޑެމިކް ސްޓާފުންނަށް އެންގުން

-          މީޓިންގެ ޔައުމިއްޔާ ލިޔެ ގަވާއިދުން ސޮއިކޮށް ފައިލްކުރުން

  • ސެންޓަރުގެ މެނޭޖްމަންޓް ކޮމެޓީގެ އިންތިޒާމްތައް ހަމަޖައްސައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

-          މީޓިންގ އޮންނަ ދުވަސް ޤަވާއިދުން އީ.މެއިލް މެދުވެރިކޮށް ސެންޓަރުގެ އެކަޑެމިކް ސްޓާރުންނަށް އެންގުން

-          މީޓިންގެ ޔައުމިއްޔާ ލިޔެ ގަވާއިދުން ސޮއިކޮށް ފައިލްކުރުން

  • ސެންޓަރުގެ ސްޓޮކް ބެލެހެއްޓުން:

-          ސެންޓަރުން ފޮނުވަންޖެހޭ ހިދުމަތާއި ތަކެއްޗައް އެދޭ ފޯރމްތައް ފޮނުވާ އޭގެ ފޮލޯއަޕް ހެދުން

-          ސޮޓްކުން މަދުވާތަކެތި ބަލައި ހޯދުމާއި، ސްޓޮކް ބެލެހެއްޓުން

-          ސިޕް މެދުވެރިކޮށް ސްޓޮކުން ތަކެއްޗަށް އެދޭ ފަރާތްތަކަށް ތަކެތި ފޯރުކޮށްދިނުން

-          ސަޕޯރޓް ސްޓާފުން ސްޓޮކުން ނަގާ މުދާ ފޮތުގައި ލިޔެ ސިސްޓަމުން ބާކީކުރުން

-          އަހަރަހު 2 ފަހަރު ސްޓޮކްގެ މުދާ ގުނުން

  • އޮފީހުގެ މެއިންޓެނެންސް މަސައްކަތްތައް އަދި ބީލަމަށްލައިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން:

-          އޮފީހުގައި ކުރަން ހުރި މަރާމާތުތައް ފާހަގަކޮށް، އެ މަސައްކަތްތައް ކުރުން.

-          ބީލަމަށް ލައިގެން ކުރަންޖެހޭ މަސައްކަތްތައް ޤަވާއިދާއި އެއްގޮތަށް ކުރުވުން.

  • މިތީގާއިވާ ކަންކަމުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ ކަންކަން ކުރުން

 2025 ޖުލައި 01 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

 

https://tinyurl.com/MNU-HR-2025-88

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345203 ނަމްބަރު ފޯނަށެވެ.
19 ޖޫން 2025
ހޯދާ