ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން:
މި އިދާރާއަށް ތިރީގައިމިވާ ތަކެތި ގަތުމަށް އަންދާސީހިސާބު ބޭނުންވެއެވެ.
ބޭނުންވާ އަދަދު |
ބޭނުންވާ ތަކެތީގެ ތަފުސީލު |
05 |
ކޮމްޕިއުޓަރ ސިސްޓަމް i3 |
01 |
ލެޕްޓޮޕް i3 |
ވީމާ، މި ތަކެތި މި އިދާރާއަށް ހޯދައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީހސާބު ބަލައިގަތުން އޮންނާނީ ތިރީގައި މި ދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ނަޑެއްލާ ކައުންސިލްގެ އިދާރާއަށް 5 ކޮމްޕިއުޓަރ ސިސްޓަމާއި، 1 ލެޕްޓޮޕް ހޯދައިދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިޔަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހސާބު ހުށަހެޅުއްވުމަށް މީހަކު ފޮނުވާނަމަ އެކަމާބެހޭ މަޢުލޫމާތު ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކޮށްދިނުން: 14 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި.
- އަންދާސީ ހިސާބު ބަލައިގަތުން: 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޛުލްޤަޢިދާ 1436