ދިވެހިރާއްޖެ
ގްރެފިކް ޑިޒައިނަރ
މިނިސްޓްރީގެ މަސައްކަތްތަކާއި ކުރިއެރުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓްރީގެ މީޑިއާ ސެކްޝަނަށް ގްރެފިކްސް ޑިޒައިނަރަކު 2 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ނަގަން ބޭނުންވެއެވެ. އެހެންކަމުން، ޝައުޤުވެރިވާ ފަރާތްތަކަށް މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަޤާމުގައި އަދާކުރަންޖެހޭ ޒިންމާތަކާއި، ވަޒީފާއަށް ހޮވޭ ފަރާތުގައި ހުންނަންޖެހޭ ޝަރުޠުތައް ހިމެނޭ "ޓަރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
މަޤާމު |
އަދަދު |
ގްރެފިކް ޑިޒައިނަރ |
01 |
ވީމާ، މި މަޤާމަށް ކުރިމަތި ލުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖޫން 29 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އަށް އީމެއިލް މެދުވެރިކޮށް [email protected] ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސް ސެކްޝަން / ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ
ފޯން: 3018326/3018328/3018329
އީ-މެއިލް: [email protected]