ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ޓީވީތައް (85 އަދި 55 އިންޗި) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 18 ޖޫން 2025 ވާ ބުދަ ދުވަހުން ފެށިގެން 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 7 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2 ޖުލައި 2025 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
22 ޛުލްޙިއްޖާ 1446ހ.