މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ނިންމާފައިވާ ނިންމުންތައް:

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ވަނީ 2025 ޖޫން 17 ވީ އަންގާރަ ދުވަހުގެ ރޭގަނޑު 08:30 ގައި ބާސެލޯ ނަސަންދުރާގެ "އަރި" ބޯލްރޫމްގެ 1 ވަނަ ފަންގިފިލާގައި ބާއްވާފައެވެ. ޖަލްސާގައި ޙިއްޞާދާރުން ބައިވެރިވެވަޑައިގެންނެވީ ބާސެލޯ ނަސަންދުރާގެ "އަރި" ބޯލްރޫމަށް ވަޑައިގަންނަވައިގެންނާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމް.އެސް.ޑީ)ގެ އޮންލައިން ޕްލެޓްފޯމު "ފަހިވޯޓު" މެދުވެރިކޮށެވެ. ޖަލްސާގައި މުޅިއެކު ތަމްސީލުވީ 156 ޙިއްޞާދާރުންނެވެ. އެއީ މުޅިއެކު 5,587,737 ޙިއްޞާއެވެ. އެއީ ކުންފުނީގެ ރައުސުލްމާލުގެ 69.52 އިންސައްތަ ޙިއްޞާދާރުންނެވެ.

 

ޖަލްސާގެ ނިންމުންތައް:

  1. 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔަޢުމިއްޔާ ވަނީ 99.99 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.  
  2. 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ވަނީ 99.972 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
  3. 2024 ވަނަ އަހަރުގެ އޮޑިޓުކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ވަނީ 99.954 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
  4. 2024 ވަނަ އަހަރު ޙިއްޞާގެ ފައިދާގެ  ގޮތުގައި 5/- ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ޙިއްޞާއަކަށް 2/- ރުފިޔާ ބަހާގޮތަށް ވަނީ 99.95 އިންސައްތަ ޙިއްޞާދާރުންގެ އަޢުލަބިއްޔަތާއެކު ފާސްކޮށްފައެވެ.
  5. 2025 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުގެ ގޮތުގައި 510,300/- ރުފިޔާގެ އުޖޫރައަކަށް 'ޑެލޮއިޓް ޕަރޓްނާސް' ޢައްޔަނުކުރުމަށް، 99.95 އިންސައްތަ ހިއްސާދާރުންގެ އަޢުލަބިއްޔަތާއެކު ވަނީ ފާސްކޮށްފައެވެ.

 

ވީމާ، މިކަން ކުންފުނީގެ އެންމެހައި ޙިއްޞާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

18 ޖޫން 2025
ހޯދާ