މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ދޫކުރުން

2025 ޖޫން 17 ވީ އަންގާރަ ދުވަހުގެ ރޭ ބޭއްވި މިކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި، 2024 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ -/5 (ފަހެއް) ރުފިޔާގެ ޙިއްޞާއަކަށް، -/2 (ދޭއް) ރުފިޔާ، ޖުމްލަ -/16,075,498 (ސޯޅަ މިލިއަން ހަތްދިހަ ފަސްހާސް ހަތަރުސަތޭކަ ނުވަދިހަ އަށެއް) ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ. އަދި 2024 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ، 2025 ޖުލައި 17 ވަނަ ދުވަހުން ފެށިގެން ދޫކުރާނެ ވާހަކަ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ޙިއްޞާގެ ފައިދާ ނެންގެވުމަށް، މިކުންފުނީގައި ބޭންކް އެކައުންޓް ރަޖިސްޓްރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ޙިއްޞާދާރުން މިކުންފުނީގެ ވެބްސައިޓުގައިވާ ޙިއްޞާދާރުންގެ ޕޯޓަލްގައި އެކައުންޓު ނަންބަރު އަޕްޑޭޓްކުރުމަށް ނުވަތަ "ޙިއްޞާގެ ފައިދާއަށް އެދޭ ފޯމު" މެދުވެރިކޮށް ހުށަހެޅުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެ ވާހަކަ ދަންނަވަމެވެ.

18 ޖޫން 2025
ހޯދާ