ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީއަށް ދަތުރުކުރައްވާ ބޭފުޅުންނަށް އެކޮމަޑޭޝަން، ފުޑް އަދި ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެއްސުމާބެހޭ:
މި މިނިސްޓްރީގެ ބެލުމުގެ ދަށަށް ސ.ހިތަދޫ ކައުންސިލް (ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް) ބަދަލުކުރުމާ ގުޅިގެން މި މިނިސްޓްރީން ދަތުރުކުރައްވާ ބޭފުޅުންނަށް ސ.ހިތަދޫގައި ތިއްބެވުމަށް އެކޮމަޑޭޝަނާއި ފުޑް އަދި ދަތުރުފަތުރުގެ އިންތިޒާމު 1 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު ނަންބަރު IUL)138-AS6/1/2015/217) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ސ.ހިތަދޫގައި ހުންނަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ސެޕްޓެެންބަރު 2015 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 300-4353، 688-5898 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
25 ޛުލްޤަޢިދާ 1436