ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޑިވިޜަން/ ޑިޕާޓްމަންޓް:

-           

ވަޒީފާގެ ބާވަތް:

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މައި އޮފީސް

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުން ނުވަތަ ވޮކޭޝަނަލް ޓްރެއިނިންގ އަދި 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ވަޒީފާގެ މަސްއޫލިއްޔަތުތައް

ކަމާގުޅުންހުރި ޑިޕާޓްމަންޓުތަކަށް ދުވަހުން ދުވަހަށް އިދާރީ އަދި ހިންގުމާބެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، ޙަވާލުކުރެވޭ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަކުރުން.

ކުންފުނީގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ފައިލިންގ ނިޒާމުތައް (ފިޒިކަލް އަދި ޑިޖިޓަލް) އެކުލަވާލައި ދެމެހެއްޓުން

ޑިޕާޓްމެންޓްގެ ބައްދަލުވުންތަކުގެ އިންތިޒާމުކުރުމާއި އަދި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

ކުންފުނީގެ ފަރާތުން ކުރަންޖެހޭ ދަތުރުފަތުރާއި ކުންފުނިން ބާއްވާ އިވެންޓްތައް އަދި ޑިޕާޓްމަންޓްތަކުގެ މެދުގައި ވިލަރެސްކުރަންޖެހޭ ކަންކަމުގެ ލޮޖިސްޓިކަލް އިންތިޒާމުތައް ހަމަޖެއްސުމާއި ބެލެހެއްޓުން

އިދާރާގެ ހިންގުން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ޙަވާލުކުރެވޭ އެންމެހައި އިދާރީ މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއި ހަލުވިކަމާއެކު އަދާކުރުން. އަދި ކުންފުނިން ހަވާލު ކުރާ އެހެނިހެން މަސައްކަތް ކުރުން

 

މުސާރަ:

10،000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައި)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ޕޮލިސް ސެޓްފިކެޓް
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

25 ޖޫން 2025 ވަނަ ދުވަހުގެ 15:00 އަށް

 

މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ޖޫން 2025 ވަނަ ދުވަހުގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3305555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

18 ޖޫން 2025
ހޯދާ