ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ކަނޑޫދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާބެހޭ

އިޢުލާން

 

ކޮޅުމަޑުލު ކަނޑޫދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާބެހޭ

 

         

 

         ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުސޫލާއި އެއްގޮތް ވާގޮތުގެ މަތިން ބަންޑާރަ ގޯތި ދޫކުރުމަށް މިކައުންސިލްގެ ނަންބަރު: (IUL)387/387/2016/34 (6 އޭޕްރީލް 2016) ގައި ކުރެވުނު އިއުލާނާއި އެއިއުލާނާއި ގުޅިގެން ހުށައެޅުނު ފޯމުތަށް ބާތިލްކޮށް އަލުން އިއުލާނު ކުރީމެވެ. މިގޮތުން މިއިއުލާނާއި ގުޅިގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 80 ގޯއްޗެވެ.

          ވީމާ، މި އިއުލާނާއިއެކު ގެޒެޓްކުރެވިފައިވާ "ކޮޅުމަޑުލު ކަނޑޫދޫއިން ބަންޑާރަގޯތި ދޫކުރުމާބެހޭ އުޞޫލު" ގައިވާ ސަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދި ހުށައަޅާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއިއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުންތައް މިއިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

         ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ޖޫން 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 22 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:30 އަށެވެ.

         "ކޮޅުމަޑުލު ކަނޑޫދޫއިން ބަންޑާރަގޯތި ދޫކުރުމާބެހޭ އުޞޫލު" އާއި ކޮޅުމަޑުލު ކަނޑޫދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ދައްކުވައިދޭ ޗާޓް މިއިއުލާނާއިއެކު ގެޒެޓްކުރެވިފައިވާނެއެވެ.

 

               މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

               22 ޛުލްޙިއޖާ 1446

               18 ޖޫން 2025

18 ޖޫން 2025
ހޯދާ