މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރ.ވާދޫ ފުޓްސަލްކަޕް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

"ރ.ވާދޫ ފުޓްސަލްކަޕް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

 

މިކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތް އޮންނާނީ، 2025 ވަނަ އަހަރުގެ ޖުލައިމަހުގެ ފަހު ހަފްތާގެ ތެރޭގައެވެ. މުބާރާތް ފެށޭ ތާރީޚް ޖުލައި މަހުގެ ތެރޭގައި އާންމު ކުރެވޭނެއެވެ. މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމު  މި އިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ.

 

ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން "ރ.ވާދޫ ކައުންސިލް ފުޓްސަލްކަޕް ގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު މެއިލް ކުރައްވާނަމަ، ލިބުނުކަން ކަށަވަރު ކުރުމަކީ، ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވުން އެދެމެވެ.

18 ޖޫން 2025
ހޯދާ