ދިވެހިރާއްޖެ
ޕޯލްޓްރީފާރމެއް ތަރައްޤިކުރުމަށްޓަކައި ، މިރަށުގެ ދެކުނުފަރާތުން 6 ނަމްބަރުގޮނޑުދޮށުން ( އެލްޔޫޕީގައި ފާހަގަކުރެވިފައިވާ ސަރަޙައްދު ) 50,000 ފަންސާސްހާސްއަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ ، ބީލަމުގެ އުޞޫލުން މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލުން އަރުވަމެވެ.
މި ބިމުގެ ބީލަންފޮތް 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުންފެށިގެން 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9.00 ން 12.00 އާދެމެދު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 1500.00 ( އެންހާސް ފައްސަތޭކަ ) ރުފިޔާއެވެ. އޮންލައިންކޮށް ބީލަންފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން https://forms.gle/mpr3q4N6yM8cjYYM8މިލިންގައިވާ ގޫގުލް ފޯރމް ފުރިހަމަ ކުރުމަށްފަހު ސަބްމިޓްކުރުމުން ބީލަންފޮތް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ އެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
މި ބީލަމާބެހޭ މުޢާމަލާތްތައް ކުރިޔަށް ގެންދާނޭގޮތް މިބީލަމުގެ ބީލަންފޮތުގައި ތަފްޞީލްކޮށް ބަޔާންކުރެވިފައިވާނެއެވެ. މިބީލަމުގެ ސުންގަޑި ހަމަވާނީ 09 ޖުލައި 2025 ވާ ބުދަ ދުވަހުގެ 13:00 އެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްގެ ޒަރީޢާއިން ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް[email protected]
ފޯން : 6600005